އިންތިހާބު ބޮއިކޮޓުކޮށް، އަދާލަތު ޕާޓީގެ ރައީސްކަމަށް ވާދަ ނުކުރަން ޑރ. އިކްރާމް ނިންމަވައިފި

އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބު ބޮއިކެޓު ކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރައީސަކަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި އިކުރާމުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ މިހާރުގެ ނައިބު ރައީސްކަން ކުރައްވަމުންދާ މުހައްމަދު ޝިފާނެވެ. އިކްރާމްގެ ކެމްޕެއިން އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބުގެ ކަންކަން ކުރިއަށްދަނީ ދެފުށް ފެންނަ، ދިމިގްރާތީ ހަމަތަކުގެ މަތިން ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އިންތިހާބު ބޮއިކޮޓު ކުރަން ނިންމި އިތުރު ކަންކަމުގެ ތެރޭގައި އިކުރާމް ފާހަގަ ކުރައްވާފައިވަނީ:
އަދި ހަމަ އެހެންމެ އައިސީޓީ މާހިރުންގެ ޓީމަކުން އެ ނިޒާމު ދިރާސާކުރުމަށްފަހު، ޕާޓީގެ އޮފީހުގައި ތިބެގެން ވޯޓުގެ ނަތީޖާ ބަދަލުކުރެވިދާނެ ކަމަށް ލަފާދީފައިވީ ނަމަވެސް ޕާޓީން ބުނަމުންދަނީ ބޭނުންކުރަނީ އިތުބާރު އޮތް ފަހި ވޯޓް ސިސްޓަމް ކަމަށެވެ.
އިންތިހާބާ މެދު އަދާލަތު ޕާޓީއިން ކަންކަން ކުރަމުންގެންދިޔަ "އަންޑިމޮކްރެޓިކް" ގޮތްތަކުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބީ ހައްގުތައް ނުގެއްލޭގޮތަށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކަންކަން ކުރުމަށް އަންގާފައިވާ ކަމަށެވެ. އެ އެންގުމާއި ހިލާފަށް ހަރުކަށިކަން ދައްކައި އެއިން ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ އަދާލަތު ޕާޓީގެ އިދާރާގެ ފަރާތުން އަމަލުކޮށްފައިވާތީ ކަމަށް ވިދާޅުވެ، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން އިކްރާމް ވަނީ ނަން ނަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ