ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސްގެ މުހިއްމު ވަނަތަކެއް ރާއްޖެއަށް

ދުނިޔޭގެ މަގްބޫލު އޮންލައިން ޓްރެވަލް ގައިޑެންސް ޕްލެޓްފޯމް، ޓްރިޕްއެޑްވައިޒާގެ ޓްރެވެލާސް ޗޮއިސް އެވޯޑްސްގެ މުހިއްމު ވަނަތަކެއް ރާއްޖެއަށް އެވެ.
ވީ ކިހިނެއް؟ - ޓްރިޕްއެޑްވައިޒާ އިން އިއްޔެ އާންމުކޮށްފައިވާ 'ޓްރެވެލާސް ޗޮއިސް ބެސްޓް އޮފް ދަ ބެސްޓް 2026'ގެ އެކި ކެޓަގަރީތަކުގެ ރޭންކިންތަކުގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.
ތަފްސީލް - އެ ރޭންކިންގެ ޓޮޕް ޑެސްޓިނޭޝަންސް އަދި ހަނީމޫން ޑެސްޓިނޭޝަންގެ ރޭންކިންގައި ރާއްޖެ ވަނީ ހިމަނާފަ އެވެ. އެގޮތުން:
'ޓޮޕް ޑެސްޓިނޭޝަން' ރޭންކިންގެ 21 ވަނަ
'ބެސްޓް ހަނީމޫން ޑެސްޓިނޭޝަންސް' ރޭންކިންގެ 3 ވަނަ
މީގެ އިތުރުން، އޭޝިއާ ސަރަހައްދުގެ ޓޮޕް ޑެސްޓިނޭޝަންސް ރޭންކިންގެ 8 ވަނައިގައި ރާއްޖެ ވަނީ ހިމަނާފަ އެވެ.
ފާހަގަ ކުރެވޭ - ޓްރިޕްއެޑްވައިޒާގެ ބެސްޓް އޮފް ދަ ބެސްޓް ރޭންކިންތައް އެކުލަވާލަނީ އެ ޕްލެޓްފޯމު ބޭނުންކުރާ ދަތުރުވެރިންނާއި ފަތުރުވެރިންގެ ރިވިއު އަދި ރޭންކިންގެ މައްޗަށް ބިނާކޮށެވެ. 
މި ރޭންކިންތަކާ އެކު އެ މަންޒިލްތަކަށް އޮންނަ ޑިމާންޑު އަންގައިދޭ ކަމަށް ޓްރިޕްއެޑްވައިޒާ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ