ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން މިދިޔަ އަހަރު ބައިވެރިވި މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ އެތްލެޓިކްސް އާއި ފެތުމުގެ މުބާރާތްތަކުންނެވެ.
އިތުރު ހަރަކާތްތަކުން ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރަން ރޭ ބޭއްވި ފޭމް ނައިޓްގައި 100 ދަރިވަރުން ވަނީ ޓްރޮފީ ހާސިލްކޮށްފަ އެވެ. އެ ސްކޫލްގެ ދަރިވަރުން މިދިޔަ އަހަރު ވަނީ 11 މުބާރާތެއްގައި ވާދަކޮށްފަ އެވެ. އޭގެ ތެރެއިން 7 މުބާރާތަކީ ގައުމީ ފެންވަރުގެ މުބާރާތްތަކެވެ. ހަތަރު މުބާރާތަކީ ރަށު ފެންވަރުގެ މުބާރާތްތަކެވެ.
މުބާރާތްތަކުގައި ވާދަކޮށް ޖުމްލަ 46 ރަންމެޑަލް އާއި 57 ސިލްވަރ އަދި 86 ބްރޯންޒް މެޑަލް ދަރިވަރުން ހޯދި އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އަހުނާ ނިޒާރު ހޯދި ރަންވަނަތަކެވެ. އެގޮތުން އޭނާ ވަނީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ގދ ތިނަދޫގައި ބޭއްވި އެޓޯލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ވަނަ އަހަރު 17 އަހަރުން ދަށުގެ އުމުރު ފުރާއިން 100މ ،200މ އަދި 4 ގުނަ 200މ ރިލޭ ރަންމެޑަލް ހޯދާފަ އެވެ.
އަހްނާ ނިޒާރު ގިނަ ކާމިޔާބީތަކެއް ހޯދި
މީގެ އިތުރުން އަހްނާ ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ، އޭގެ ތެރޭގައި 17 އަހަރުން ދަށުގެ އުމުރުފުރާއިން 4 ގުނަ 100މ ރިލޭ އަދި ލޯންގް ޖަމްޕުން ސިލްވާ މެޑަލްވެސް އެ މުބާރާތުގައި ހޯދި އެވެ. ހުޅުމާލޭގައި ބޭއްވި އިންޓަ ސްކޫލް އެޗްލެޓިކްސް ޗެމްޕިއަންޝިޕް 2023 ގައި 17 އަހަރުން ދަށުގެ އުމުރު ފުރައިން 100މ، 200މ އަދި ޓްރިޕްލް ޖަމްޕުން ރަންމެޑަލް އަދި 100މ، 200މ ސްޕްރިންޓުން މީޓް ރެކޯޑް ހަދައި ޓްރިޕަލް ޖަންމުން ގައުމީ ރެކޯޑް އަދި މުޅި މުބާރާތުން ބެސްޓް އެތުލީޓްގެ މަގާމު އަހުނާ ހޯދި އެވެ.
ސްވިމިން އެސޯސިއޭޝަންގެ ފަރާތުން ބޭއްވި ތިލަދުންމަތީ އިންޓަ ސްކޫލް ފެތުމުގެ މުބާރާތުން ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން ވަނީ 25 ރަން މެޑެލް، 16 ސިލްވަރ މެޑަލް، އަދި 39 ބްރޯންޒް މެޑަލް ހޯދުމުގެ އިތުރުން ޖޫނިއާ އޭ ކެޓަގަރީ އަންހެން ސެކަންޑް ރަނަރއަޕް އާއި ޖުނިއާ އޭ ކެޓަގަރީ ފިރިހެން ރަނަރއަޕް، ޖޫނިއާ ބީ ކެޓަގަރީ އަންހެން ރަނަރއަޕް ހޯދާފަ އެވެ.
މީގެ އިތުރުން ސީނިއާ އޭ ކެޓަގަރީ އަންހެން ޗެމްޕިއަންކަމާއި ސީނިއާ ބީ ކެޓަގަރީ ފިރިގެން ޗެމްޕިއަންކަމާއި ސީނިއާ ކެޓަގަރީން ދެވަނަ ހާސިލްކޮށްފަ އެވެ.
ރޭ ޖަލާލުއްދީން ސްކޫލްގައި ބޭއްވި ފޭމް ނައިޓް ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުހައްމަދެވެ. މި ރަސްމިއްޔާތު ސިޓީ ކައުންސިލަރު ރިލްވާން މުހައްމަދާއި އެއާޕޯޓްގެ ސީނިއާ މެނޭޖަރު އަދި ސްކޫލްގެ ވެރިންނާއި ޓީޗަރުންނާއި ބެލެނިވެރިން ބައިވެރިލެއްވި އެވެ.
ޖަލާލުއްދީން ސްކޫލް ފޭމް ނައިޓް: އެންމެ ގިނަ ކާމިޔާބީ ލިބުނީ އެތްލެޓިކްސް އާއި ފެތުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ