ހިޔާ ޓަވަރުގެ ކޮމާޝަލް ދެ ޔުނިޓެއް ކުއްޔަށް ދޭން ހުޅުވާލައިފި

ހިޔާ ޓަވަރުން ކޮމާޝަލް ޔުނިޓު ކުއްޔަށް ދޫކުރަން އެޗްޑީސީން މިއަދު ހުޅުވާލައިފި އެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ 1 ގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ހިޔާގެ 16 ޓަވަރުގެ ގްރައުންޑު ފްލޯ ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ. އެ ތަންތަނުގައި މިހާރު ވެސް ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓު ހިންގަ އެވެ.
ނަމަވެސް، އަލުން އެ ޔުނިޓުތަކަށް ހުޅުވާލީ އެގްރިމެންޓު ހަމަވުމުންނެވެ. 
12 ވަނަ ޓަވަރުގައި ހަދަން ދީފައިވަނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކަކާއި ޖިމެއް ނުވަތަ ފާމަސީއެކެވެ. ދިހަ ވަނަ ޓަވަރުގައި ހެދޭނީ ފިހާރައަކާއި ކެފޭއަކާއި ކްލިނިކް ނުވަތަ ޖިމެކެވެ. 
ހިޔާ ފްލެޓުގެ ކޮމާޝަލް ޔުނިޓުތައް ލިބޭ މީހުން ކަނޑައަޅާނީ އެންމެ ރަނގަޅު ބިޑު ހުށަހަޅާ މީހުންގެ ތެރެއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ