ޖަޕާނުން ހަދިޔާކުރި ފެންހިންދާ ޕަމްޕުތައް ރަށްރަށަށް ފޮނުވަން ފަށައިފި

ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ގެ ތެރެއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ފެންހިންދާ ޕަމްޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފި އެވެ.
އެންޑީއެމްއޭއިން ބުނީ ޕަންޕުތައް ކައުންސިލްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު 40 ޕަމްޕް 20 ރަށަކަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކޮންމެ ރަށަކަށް ފޮނުވާނީ ދެ ޕަމްޕާއި އެކްސެސޮރީޒް ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތެރެއިން، ފެންބޮޑުވުމުގެ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާން ސަރުކާރުން ހަދިޔާކުރި ފެންހިއްކާ ޕަންޕުތައް ފަސް ރަށެއްގެ ކައުންސިލާ އެން.ޑީ.އެމް.އޭ އިން ހަވާލުކޮށްފި. އެ… pic.twitter.com/rHfPBDxqtR— NDMA Maldives (@NDMAmv) June 10, 2026
މީގެ ތެރެއިން މިހާރު ޕަމްޕް ހަވާލުކޮށްފައި ވަނީ 5 ރަށަކަށެވެ. އެއީ ރ. އިނގުރައިދު އާއި ކ. ކާށިދު އާއި މ. މުލަކާއި އއ. ފެރިދޫގެ އިތުރުން ތ. ކަނޑޫދު އެވެ.
އެގޮތުން މި މަޝްރޫއުގެ ދެވަނަ ބުރުގައި ޕަންޕު ފޯރުކޮ ށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ .އުލިގަން، ހދ. ނެއްލައިދޫ، ނ. މާފަރު، ރ. ފައިނު، ބ. ކުޑަރިކިލު، ޅ. ނައިފަރު، ކ. ގާފަރު، ތ. ބުރުނީ، ދ. ހުޅުދެލި، ފ. މަގޫދޫ، ފ. ބިލެތްދޫ، ގދ.ހޯ ޑެއްދޫ އަދި ގދ. ކަނޑުހުޅުދު އެވެ.
އެންޑީއެމްއޭ އިން ބުނީ ޕަމްޕްތައް ހަދިޔާކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައި ވަނީ، މީގެ ކުރިން އެތަނުން ޕަމްޕު ފޯރުކޮށްދީފައި ނުވާ ރަށްތަކުގެ ތެރެއިން، ފާއިތުވި އަހަރުތަކުގައި އާންމުކޮށް ފެންބޮޑުވުމުގެ ހާދިސާތައް ކުރިމަތިވެ ރިޕޯޓްކުރާ ރަށްތަކަށް ބަލައިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ