އިންތިހާބުގެ ދެވަނަ ބުރާ ގާތްވީއިރުވެސް މުވައްޒަފުން ނެގުން ނުހުއްޓުނު: މެމްބަރު މަމްދޫހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގާތްވީއިރުވެސް ފެނަކައަށް މުވައްޒަފުން ނެގުން ހުއްޓިފައިނުވާކަމަށް ވިދާޅުވެ އެމްޑީޕީން ފެނަކަ ސިޔާސީ ހަތިޔާރަކަށް ބޭނުންކޮށްފައިވާތީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމަދޫހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އަސްލުޓީވީން ގެނެސްދޭ ދިވެހިންގެ ރާއްޖެ މެމްބަރު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮންޓްރެކްޓް މުވައްޒަފުން ގިނަ އަދަދަކަށް ނެގީ އިންތިހާބު ބޯމަތިވުމުން ސަރުކާރަށް ޖެއްސުންކުރަންކަމަށެވެ.
މި ސަރުކާރުން މި ދަނީ ކުންފުނި ނަގާ ކޮޅަށްޖެހުމުގެ މަސައްކަތް ކުރަމުން މިދަނީ. އެމްޑީޕީ ސަރުކާރަށް އެއްވެސް ކުރިއެރުމެއް ކުންފުންޏަށް ގެނެސްދެވިފައިނުވާކަމަށް މަމްދޫހު ވިދާޅުވިއެވެ. މަމްދޫހު ވިދާޅުވީ މި ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ ސަރުކާރަށްކަމަށެވެ.
ކުންފުންނި ސިޔާސީ ވެފައިވާ މިންވަރުވެސް ޕްރޮގްރާމްގައި މެމްބަރު މަމްދޫހުވަނީ ވިދާޅުވެދެއްވާފައި.
ކޮންޓްރެކްޓް އުސޫލުން އެމްޑީޕީ ސަރުކާރުގައި ނެގި އެތައް މުވައްޒަފުންނެއްގެ ކޮންޓްރެކްޓް ހަމަވުމުން މި ސަރުކާރުން އެމީހުންގެ ކޮންޓްރެކްޓު އައު ކޮށްފައެއް ނުވެއެވެ. ގަވާއިދުތަކާ ޚިލާފަށް މުވައްޒަފުން ކެނޑުމާއި މުވައްޒަފުން ވައްދަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ފެނަކައިން މިފަހުން ބުނެފައިވަނީ އެގޮތަށް ކަންކޮށްފައިނުވާނެކަމަށެވެ. ނިމިދިޔަ ސަރުކާރުން މިދިޔަ އަހަރު ފެށުނީއްސުރެ ސެޕްޓެމްބަރުމަހާއި ހަމައަށް 2105 މުވައްޒަފުން ނެގިކަމަށާއި އަދި އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަބުރާ ދެމެދު އިތުރު 122 މީހުންނަށް ވަޒީފާ ދިންކަމަށް ފެނަކައިންވަނީ ބުނެފައެވެ. އޮފީސް އިމާރާތާއި އިންޖީނުގެ ހިމެނޭހެން 61 ޕްރޮޖެކްޓް ސަރުކާރު ހަވާލުވީއިރު އޮތީ ހުއްޓިފައިކަމަށްވެސް ފެނަކައިންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ