އަޙްސަން ގެ ނަން އަނބުރާ ގެންގޮސް ހިތަދޫ ދެކުނު ދާއިރާއަށް ސިޔާމް އަށް ތާއީދު ކުރަން ނިންމައިފި! ނާޒިލްގެ ކެމްޕެއިން ޓީމުގެ މެމްބަރުންނަށް 30 އުމުރާ ދަތުރު ދެނީ ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ބޮޑު ތަފާތަކުން ނާޒިލް އަށް! ހިތަދޫ ދެކުނު ދާއިރާ އޮތީ ބަދަހިކޮށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އައްޑޫސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ ޓިކެޓް، މުޙައްމަދު ސިޔާމް ކާމިޔާބު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް މިއަދު ބޭއްވި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ސިޔާމް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.
ސިޔާމް ގެ އިތުރުން އެދާއިރާއަށް ވާދަކޮށްފައިވަނީ ހުސެއިން ޖުވެއިދު އާއި މުޙައްމަދު އާސިމް އަދި އަޙްމަދު އަމަން ވަޙީދު އެވެ.
އެ ދާއިރާއަށް ދެން ވާދަކުރި އަޙްސަން ވަނީ އެންމެ ފަހުވަގުތު ނަން އަނބުރާ ގެންގޮސް ސިޔާމް އަށް ތާއީދު ކުރާކަން އިއުލާން ކޮށްފައެވެ.
ސިޔާމް އަކީ ސިޔާސީ ދާއިރާގެ ލީޑަރޝިޕްގައި ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތެކެވެ. މީގެ އިތުރުން ސިޔާމް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސީފުޑް ވިޔަފާރި ކުރަމުން އަންނަ ޒުވާން ވިޔަފާރިވެރިއެކެވެ.
ސިޔާމް ވިދާޅުވީ މަޖިލިހުގައި އައްޑޫސިޓީ ހިތަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވަން ބޭނުންވީ އެއީ ސިޔާމްގެ ބައްޕަގެ ރަށް ކަމަށް ވެފައި އަދި ކުޑައިރު އެތަނުގައި ދިރިއުޅުނު އިރު ހުރި ޙާލަތުގައި އަދިވެސް އައްޑޫ އޮތްތަން ފެނި އައްޑޫއަށް ބޭނުންވާ ކުރިއެރުމާއި ތަރައްގީ ހޯދައިދެއްވުމުގެ ނިޔަތުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ