މަޖިލިސް މެންބަރުންނަކަށް ދާއިރާގެ ކަމެއް ނުކުރެވޭނެ، އެހަދަނީ ދޮގު: އިބުރާ

މަޖިލިސް މެންބަރުންނަށް ދާއިރާގެ ކަމެއް ނުކުރެވޭނެ ކަމަށާ، އެބޭފުޅުންނަކީ ގައުމީ މަސައްކަތުއް ކުރައްވާ ބައެއް ކަމަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި އައު ޤާނޫނު އަސާސީ ޑްރާފްޓުކުރި
ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ)
ވިދާޅުވެއްޖެއެވެ.
އިބުރާ މިފަދައިން ވިދާޅުވެފައިވަނީ މި މަޖިލިސް އިންތިޚާބުގައި،
"ދާއިރާއަށް ހެޔޮ ބަދަލެއް" ނޫނީ "ދާއިރާގެ ކަންތައްތައް ކުރިއަރުވަން"
މެންބަރަކު ހޮވާ ވާހަކަ ދައްކަނީ މަޖިލިހުގެ މަސައްކަތް ނޭނގޭ މީހުންކަމަށް ވިދާޅުވެ
ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
އިބުރާ މިފަދައިން ވިދާޅުވެފައިވާއިރު ރާއްޖޭގައި މަޖިލިސްއަށް
ވާދަކުރައްވާ ގިނަ ފަރާތްތަކުން އެންމެ ހަރު އަޑު ދައްކަމުންދާ ވާހަކައަކީ
އެފަރާތްތައް މަޖިލިހަށް ހޮވިއްޖެ ނަމަ ކުރިމަތިލާ ދާއިރާއަށް ކޮންދޭނެ
ކަންތައްތަކުގެ ވާހަކައެވެ. މިޖިލަހަށް ވަދަކުރާ ދާޢިރާ ކުރިއެރުވުމަށް ކުރާނެ
ކަންތައްތަކުގެ ވާހަކައެވެ.
Advertisement
މިދުވަސް ކޮޅަކީ މަޖިލިހަށް ވާދަކުރުމަށް ބޮޑަތި
ޕާރޓީތަކުގެ ޕްރައިމަރީތައް ބާއްވާ ދުވަސްކޮޅު ކަމުން މުޅި ސޯސަލް މީޑިޔާގައިވަނީ
ކެމްޕެއިންގެ އޮއިވަރެއް ފެށިފައެވެ.
މަޖިލަހަށް ކުރިމަތިލައްވާ ފަރަތްތަކުން
ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދުދެއްވަމުން އިބުރާ ކުރެއްވި އެކްސް
ޕޯސްޓު ނިންމާލަންވަމުން ވިދާޅުވެފައި ވަނީ ރައްޔިތުން މަޖިލިހުގެ މެމްބަރުންނަކީ
ޤައުމީ ނިންމުންތައް ނިންމާ ބައެއް ކަމަށެވެ.
"މަޖިލިސް އިންތިޚާބުގައި، "ދާއިރާއަށް ހެޔޮ
ބަދަލެއް" ނޫނީ "ދާއިރާގެ ކަންތައްތައް ކުރިއަރުވަން" މެންބަރަކު ހޮވާ
ވާހަކަ ދައްކަނީ މަޖިލިހުގެ މަސައްކަތް ނޭނގޭމީހުން. މަޖިލިސް މެންބަރުންނަކަށް ދާއިރާގެ ކަމެއް ނުކުރެވޭނެ.
އެހަދަނީ ދޮގު. މެންބަރުންނަކީ ޤައުމީ ނިންމުންތައް ނިންމާބައެއް. " އިބުރާގެ އެކްސް
ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ