މެދު ހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އެމްޑީޕީ ދޫކޮަށް ޕީއެންސީއަށް

މާލެ ސިޓީގެ މޭޔަރު އަދި ސިޓީ ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި ބައި-އިލެކްޝަނުން އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެންނެވި ހަމައެކަނި ކައުންސިލަރު ސަރުކާރު ހިންގާ ކޮންގުރެސް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.ޕީއެންސީއާ މިއަދު ގުޅިވަޑައިގެންނެވީ މެދު ހެންވޭރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި އަހުމަދު ރިޝްވާން އެވެ. ރިޝްވާން ޕީއެންސީއާ ގުޅުނު ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.ރިޝްވާން މާލޭ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަނުގަ އެވެ. ކައުންސިލަރު ކަމުގެ ހުވާ އޭނާ މިރޭ ކުރައްވާނެ އެވެ.އެމްޑީޕީގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ކައުންސިލަރުންތަކެއް މީގެކުރިން ވެސް ވަނީ ޕީއެންސީ އަށް ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ