ހޯދާ ކަމަށް އިއުލާނު ކުރުމުން ހަތް ދުވަސް ފަހުން ގެއަށް

ފުލުހުން ބުނީ މިރޭ ދިހައެއް ޖަހާކަންހާއިރު އެ ކުއްޖާ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އާއިލާ އިން ފުލުހަށް ދީފައިވާ ކަމަަށެވެ.
ސާދަ އަހަރުގެ އަންހެން ކުއްޖަކު އާއިލާއަށް ހަބަރެއް ނުވެ ގެއްލިގެން ރިޕޯޓް ކުރުމާއި ގުޅިގެން ކުއްޖާގެ ވަނަވަރު ހާމަކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން އިއުލާނު ކުރުމުން ގެއަށް އަތުވެއްޖެ އެވެ.
އިރުއޮއްސި 6:38 ގައި ފުލުހުން ވަނީ ‏މ. އެނބޫމާގެއާގެ، ހަދީޖާ ޔަލްވީ (14އ) އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފެބުރުވަރީ 11 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާތީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.‏ހަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ފެބުރުވަރީ ނުވަ ވަނަ ދުވަހުގެ ރޭ 8:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.އެހެން ކަމުން އެ ކުއްޖާގެ ހަބަރެއް އާއިލާއަށް ނުވާތާ ހަތް ދުވަސްވީ އެވެ. ފުލުހަށް އެކަން އާއިލާ އިން ރިޕޯޓް ކުރީ ވެސް ގެއަަށް ނައިސް އުޅޭ ތަނެއް ނޭންގި ކުއްޖާ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ. އަދި ކުއްޖާ ގެއްލިގެން ފުލުހަށް ރިޕޯޓް ކުރި ފަހުން ފޮޓޯއާ ވަނަވަރު އާންމުކުރީ މައްސަލަ ރިޕޯޓް ކުރިތާ ފަސް ދުވަސް ފަހުން މިރެ އެވެ.އެކަން ހާމަކުރިތާ ހަތަރު ގަޑިއިރު ފަހުން ފުލުހުން ބުނީ މިރޭ ދިހައެއް ޖަހާކަންހާއިރު އެ ކުއްޖާ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އާއިލާ އިން ފުލުހަށް ދީފައިވާ ކަމަަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.އާއިލާއަށް ހަބަރެއް ނުވެގެން ކުޑަކުދީން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރާ ނިސްބަތް ވަނީ އިތުރުވަމުންނެވެ. ބައެއް ފަހަރު ދިހަ، ބާރަ ދުވަސް ވަންދެން އާއިލާއަށް ހަބަރެއް ނުވެ ކުދީން ފިލައިގެން އުޅެ އެވެ. އެ ފަދަ ރިޕޯޓްތައް ފުލުހަށް ލިބި ފޮޓޯއާ ވަނަވަނަ އާންމު ކުރުމުން އާއިލާއަށް ހަބަރު ވެ އެވެ. ނަމަވެސް އެ ކުދީން އާއިލާއަށް ފިލާ / ގެއްލޭ ސަބަބެއް ސާފެއް ނުކޮށްދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ