ގުރައިދޫ ދާއިރާގެ ޑިމޮކްރެޓްސްގެ ކެންޑިޑޭޓްގެ ތާއީދު ޕީއެންސީ ކެންޑިޑޭޓަށް

ލީލާ ވަނީ އޭނާގެ ތާއީދު، ހަންނާނަށް އޮތްކަން ހާމަ ކޮށްފައެވެ. އެ ތާއީދު އޮތްކަން ހާމަކުރުމަށް މިރޭ ބޭއްވި އިވެންޓް ގައި ހޯމް މިނިސްޓަރު އިހްސާން އަލީ އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ބައިވެރިވެވަޑައިގަތެވެ.
ތ. ގުރައިދޫ ދާއިރާއަށް ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އެ ދާއިރާއަށް ވާދަ ކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ނިންމައިފި އެވެ.
މަޖިލީސް އިންތިހާބު ގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގުރައިދޫ ދާއިރާއަށް ވާދަ ކުރަނީ ހަންނާން މުހައްމަދު ރަޝީދެވެ. ދަ ޑިމޮކްރެޓްސްގެ ޓިކެޓް ގައި ވާދަ ކުރަނީ ލީލީ އިބްރާހިމް މަނިކެވެ.ނަމަވެސް ލީލާ ވަނީ އޭނާގެ ތާއީދު، ހަންނާނަށް އޮތްކަން ހާމަ ކޮށްފައެވެ. އެ ތާއީދު އޮތްކަން ހާމަކުރުމަށް މިރޭ ބޭއްވި އިވެންޓް ގައި ހޯމް މިނިސްޓަރު އިހްސާން އަލީ އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ބައިވެރިވެވަޑައިގަތެވެ.އިހްސާން ވިދާޅުވީ ލީލާގެ ނިންމުމަކީ ގައުމީ ނިންމުމެއް ކަމަށާ ދެ ބޭފުޅުން ގުޅިގެން ދާއިރާއާމެދު ގެންގުޅޭ ތަސައްވުރު ރައީސަށް ހުށައަޅުއްވާ އެކަން ހަގީގަތަކަށް ހަދަން ދެ ކެންޑިޑޭޓުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.ރިޔާޒް ވަނީ ފޮނައްޑޫ އޮޕަރޭޝަނަށް ގެނައުމަށާއި ކަނިމީދޫ ރިސޯޓަކަށް ހެދުމަށްޓަކާ ތ އަތޮޅުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރަށް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެދިވަޑައިގަތީ ވޯޓް ބައިބައި ކުރަން ނިކުމެ ތިބި ކެންޑިޑޭޓުންނަށް ފުރުސަތު ނުދިނުމަށެވެ.
ގުރައިދޫ ދާއިރާއަށް ވާދަ ކުރާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް އެ ދާއިރާއަށް ވާދަ ކުރާ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ނިންމިއިރު ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވެސް ވަނީ ފަހަތަށް ޖެހިފައެވެ.ޒިލްމާ ތާއީދު ކުރަން ނިންމީ އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށެވެ. ރިޔާޒަކީ އަބްދުﷲ ރިޔާޒްގެ ބޭބެ އެވެ. ރައީސް މުއިއްޒުގެ ތާއީދު އޮތީ އަހްމަދު ރިޔާޒަށެވެ. އެ ދާއިރާގެ ޕީއެންސީ ޓިކެޓް ލިބުނު ކެންޑިޑޭޓަކަށް ސަރުކާރުގެ ތާއީދެއް ނެތެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ