މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ރުފިޔާ ބަހައިފި

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް 5،500 ދިވެހި ރުފިޔާ ބަހައި ނިންމައިފިއެވެ.
މިއީ ފަހުގެ ތާރީޚެއްގައި މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދެވެ.
ޒަކާތު ހައުސްއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 1447 ވަނަ އަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ޖުމުލަ 2،384 މީހުންނަށް މުދަލު ޒަކާތުގެ ފައިސާ ވަނީ ޖަމާކޮށްދީފައެވެ.
މި ފަހަރު މުދަލު ޒަކާތުގެ ގޮތުގައި ބެހި ފައިސާގެ ޖުމުލަ އަދަދަކީ 13,112,000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ދިވެހި ރުފިޔާއެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި މިއަހަރު ބޮލަކަށް ޖެހުނު މިންވަރަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
މީގެ ކުރިން މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހޭ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ. ނަމަވެސް މިއަހަރު އެ އަދަދު ވަނީ 5،500 ރުފިޔާއަށް އުފުލިފައެވެ. މުދަލު ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށްވާއިރު، މިއީ މުޖުތަމައުގެ ފަގީރުންނާއި ނިކަމެތިންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ދެވޭ މުހިންމު އެހީތެރިކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ