ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ މިފްކޯގެ އެމްޑީ މަޖިލީހަށް ހާޒިރުކުރަނީ ރޯދަ މަހު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި މަގުބޫލު ލިޔުންތައް 15 އަހަރުގެ ޝާޔަންގެ ބަދަލުވި ހަޔާތ

ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ކިންގް ސްޕޯޓްސް، ޔުނައިޓެޑް އައުޓްރީފް އަދި ކިއުއެމް ސްޕޯޓްސް އެކަޑަމީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިފަހަރުގެ މުބާރާތުގައި އާދައިގެ މަތިން ރޭގައި ވެސް މެޗުތަކުގެ ކުޅުން ފެށީ 16 އަހަރުން ދަށުގެ އުމުރުފުރައިގެ މެޗަކުންނެވެ. ރަސްހިންނެ ބާބާ އެސްސީ އަދި ޑިޓްރޮއިޓްސް ޖޫނިއަރސް ބައްދަލުކުރި މި މެޗު 0-9 ގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ ރަސްހިންނެ ބާބާ އެސްސީންނެވެ. މި މެޗުން ރަސްހިންނެ ބާބާ އެސްސީ މޮޅުވިއިރު، މިއީ އެޓީމުން މި މުބާރާތުގައި މިހާތަނަށް ހޯދި ދެވަނަ މޮޅެވެ. އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އައުޓްރީފް ޖޫނިއަރސް އާއެވެ. މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-2 ގެ ންތީޖާއިންނެވެ.
ރޭ މެޗުގައި ރަސްހިންނެ ޓީމަށް ލަނޑުތައް ޖަހައިދިނީ އަބުދުﷲ ނައުހާން، އަނާން އިބުރާހީމް، އުނެއިސް އިބުރާހީމް، މުޙައްމަދު އަޔުޝް ސަލީމް އަދި ހޫދު އަހުމަދު ފަތުހީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހޫދު އަޙުމަދު ފަތުހީއެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް އައުޓްރީފް އަދި ބަންގްލާ ޓައިގާސްއެވެ. މި މެޗު 8-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޔުނައިޓެޑް އައުޓްރީފްއެވެ. މިއީ ޔުނައިޓެޑް އައުޓްރީފުން ގުރޫޕުގައި ކުޅުނު ދެވަނަ މެޗެވެ. އަދި ހޯދި ދެވަނަ މޮޅެވެ. ރޭގެ މި މޮޅާއި އެކު އެޓީމު ވަނީ ގުރޫޕް ސީގެ އެއްވަނައަށް ޖެހިލާފައެވެ. އެ ގުރޫޕުގައި ޔުނައިޓެޑް އައުޓްރީފާއި އެންމެ ގާތުން ވާދަކުރަމުން އަންނަ ރަސްހިންނެ ސްޕޯޓްސް ކުލަބަށް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓު ލިބިފައެވެ. ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވި ނަމަވެސް ފައިދާ ގޯލުގެ ފަރަގުން ގުރޫޕުގެ އެއްވަނަ ލިބެނީ ޔުނައިޓެޑް އައުޓްރީފަށެވެ. މި ދެޓީމަށް ވެސް ގުރޫޕުގައި ބާކީ އަދި އެއްމެޗު އޮތް ނަމަވެސް މި ދެޓީމަށް ވެސް މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލް ޔަގީންވެފައެވެ.
ރޭ ޔުނައިޓެޑް އައުޓްރީފް އަދި ބަންގްލާ ޓައިގާސް ބައްދަލުކުރި މެޗުގައި ޔުނައިޓެޑް އައުޓްރީފަށް ލަނޑުތައް ޖަހައިދިނީ ހަސަން ނިމާސް، މުޙައްމަދު ރައްޒާން، އަޙުމަދު މުޙައްމަދު، އަލީ އިހުސާން އަދި މުޙައްމަދު ޝާންއެވެ. މި މެޗު މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް އައުޓްރީގެ މުޙައްމަދު ރަޒާންއެވެ.
ޔުނައިޓެޑް އައުޓްރީފް އަދި ބަންގްލާ ޓައިގާސް ހިމެނޭ، ގުރޫޕް ސީ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނަ ލިބެނީ ޔުނައިޓެޑް އައުޓްރީފަށެވެ. އަދި ދެވަނަ ލިބެނީ ރަސްހިންނެ ސްޕޯޓްސް ކުލަބަށެވެ. މި ދެޓީމަށް ވެސް މިހާތަނަށް ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓު ވަނީ ލިބިފައެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ޔުނައިޓެޑު އައުޓްރީފަށް ކުރި ލިބެނީ ފައިދާ ގޯލުގެ ފަރަގުންނެވެ. މި ގުރޫޕުގައި ދެން ހިމެނޭ އެމްއެންޑީއެފް ސީއޭސީ އަދި ބަންގްލަ ޓައިގާސް އަށް މި ހާތަނަށް ކުޅުނު ދެމެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން އެއްވެސް ޕޮއިންޓެއް ނުލިބި މި ދެޓީމު އޮތީ ގުރޫޕް ސީގެ އެންމެ ފުލުގައެވެ. މި ދެޓީމަށް ވެސް މިހާރު ވަނީ ކުޢާޓާގެ ފުރުސަތު ގެއްލިފައެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ ކިއުއެމް ސްޕޯޓްސް އެކަޑަމީ އާއި ކިންގް ސްޕޯޓްސް ކުލަބެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ކިންގް ސްޕޯޓްސް ކުލަބުންނެވެ. ރޭގެ މި މޮޅަކީ ކިންގް ސްޕޯޓްސް ކުލަބުން ހޯދި ދެވަނަ މޮޅެވެ. ރޭގަ ކިންގް އަތުން ބަލިވި ކިއުއެމް ސްޕޯޓްސް އެކަޑަމީ ރޭގެ މެޗުން ބަލިވި ނަމަވެސް މުބާރާތުގެ ފުރަތަމަ ކުޅުނު ގުރޫޕު މެޗުން އެޓީމު ވަނީ މޮޅެއް ހޯދާފައެވެ. އެހެން ކަމުން ރޭގެ މެޗުތަކާއި އެކު ގުރޫޕް ޑީގެ މެޗުތައް ނިމިފައިވާއިރު، ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައި މިވަނީ ކިންގް ސްޕޯޓްސް ކުލަބް އަދި ކިއުއެމް ސްޕޯޓްސް އެކަޑަމީންނެވެ.. އެއްވެސް މެޗަކުން މޮޅު ނުވެ، ޕޮއިންޓެއް ނުލިބި، މި ގުރޫޕުގެ ފުލުގައި އޮތް ބެސްޓް ބޯއީޒް ވަނީ މުބާރާތުން ކަޓާފައެވެ.
ރޭ ކިއުއެމް ސްޕޯޓްސް އަދި ކިންގް ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗުގައި ކިންގް އަށް ލަނޑުތައް ޖަހައިދިނީ މޫސާ ހާނިމް އަދި ޝަވީ އަބުދުލް ޤާދިރެވެ. ކިއުއެމް ސްޕޯޓްސް ގެ ހަމަ އެކަނި ލަނޑު ޖަހައިދިނީ އިސްމާއީލް އަފާޒުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮފިފައިވަނީ ކިންގް ގެ މޫސާ ހާނިމްއެވެ.
ކިންގް ސްޕޯޓްސް ކުލަބް އަދި ކިއުއެމް ސްޕޯޓްސް އެކަޑަމީ ހިމެނޭ ،ގުރޫޕް ޑީ އަށް ބަލާއިރު، މި ގުރޫޕުގެ އެއްވަނާގައި އޮތީ ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދި ކިންގް ސްޕޯޓްސް ކުލަބެވެ. އަދި މި ގުރޫޕުގެ ދެވަނަ ކިއުއެމް ސްޕޯޓްސް އެކަޑަމީއަށް ލިބޭއިރު، އެޓީމަށް ދެވަނަ ލިބެނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ، އެއް މެޗުން ބަލިވެ، ޖުމުލަ ތިން ޕޮއިންޓު ލިބިގެންނެވެ. ކުޅުނު ދެމެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި ގުރޫޕުގެ އެންމެ ފުލުގައި އޮތީ ބެސްޓް ބޯއީޒްއެވެ.
މިރޭވެސް މި މުބާރާތުގެ ތިން މެޗު ކުޅޭނެ އެވެ. މިރޭ ކުޅޭ މެޗުތައް:
16 އަހަރުން ދަށް.
21:30: ބެސްޓް ޖޫނިއަރސް – ކަންމަތި ނިއުޖެނޭޝަން
16 އަހަރުން މަތި،
22:30: އައުޓްރީފް ސްޕޯޓްސް ކުލަބް – އެފްއެމް އެސްސީ (ގުރޫޕް އޭ)
11:30: ފޮއެމަތި ސްޕޯޓްސް ކުލަބް – ބިގް ޝޮޓްސް (ގުރޫޕް ބީ)
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ސޮސައިޓީ ފޮރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން ގެ ރަސްމީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތަކީ ލ. ގަން، ސޮސައިޓީ ފޯރ ތުނޑީ އެޑްވާންސްމަންޓް އެންޑް ރިކްރިއޭޝަން (ސްޓަރ) ގެ ފަރާތުން އިސްނަގައިގެން ކޮންމެ ރަމަޟާން މަހަކު މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ،
މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާއިރު ރަނަރަޕް ޓީމަށް މި އަހަރު 15،000 ރުފިޔާ ދޭނެ އެވެ.
މުބާރާތުގެ ސްޕޮންސަރުން:
ޓައިޓަލް ސްޕޮންސަރ: ލ، ގަން ކައުސިލް
ކޯ ސްޕޮންސަރ: ނޫފަރު ބްރަދާސް. ލ. ގަމު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ކެނޑިޑޭޓް ޔޫޞުފް ނަޝީދު.
ބްރޮންޒް ސްޕޮންސަރ: ލެޒިޒް، މަޒީ ކެމިސްޓް، ފިނިތަރި ހޮޓާ، ބްރޯވީ މާޓް، ކަރަވަން ޓެކްސީ، ދަ ނޮޓްބައި ރޫޓް 66 ލާމު، ނޫފަރު ގޭސް، މަސްކުރި. ރީޝް.
އޮންލައިން މީޑިއާ ޕާރޓްނަރ: އޭއޯ ނިއުސް.
ކިޓް ޕާރޓްނަރ: ބަމްބަމްބީ.
ފޮޓޯގްރަފީ ޕާރޓްނަރ: އައިކެންޑީ.
މީޑިއާ ޕާރޓްނަރ: އެމްއާރު ޕްރޮޑަކްޝަން.
ޕްރިންޓިންގް ޕާރޓްނަރ: އިންކް މޯލްޑިވްސް.
ބެވަރޭޖް ޕާރޓްނަރ: ޝަބްނަމީ ހޯލްޑިން.
ޑިޖިޓަލް ޕާރޓްނަރ: ދިރާގު
މުބާރާތުގެ ސެކިއުރިޓީ އެސިސްޓެންސް: މޯލްޑިވްސް ޕޮލިސް ސާވިސް.
ލ. ގަން ކައުންސިލް ތުނޑީ ރަމަޟާން ކަޕް 1445، ފުޓްސަލް މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ “އޭއޯ ނިއުސް” އެވެ.
މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި ހުރިހާ މެޗެއްގެ ހަބަރު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ