އެމެރިކާއިން ސީރިއާ އާއި އިރާގަށް ވެސް ހަމަލަދޭން ފަށައިފި ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީ ޝުއާއު ކާމިޔާބުކުރައްވައިފި އޭޝިއަން ކަޕް: ފަހަތުން އަރައި ޖަޕާން ބަލިކޮށް، އީރާން ސެމީއަށް! ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހައި ރުފިޔާ

މާއް ﷲ ކޮންމެ ކަމެއްވެސް މެދުވެރި ކުރައްވަވަނީ އޭގައި ނުހަނު ގިނަ ޙިކުމަތްތަކެއް ލައްވަވާފައެވެ. އަދި އެކަމުގައި ގިނަ ފައިދާއާއި ހެވާއި ލާބަ ލިބެނިވިގޮތުގައެވެ.
އެގޮތުން ﷲ ތަޢާލާ އެކަލާނގެ އަޅާއަށް މުސީބާތް ކުރިމަތިކުރައްވަނީ ސުވަރުގޭގެ ދަރަޖަތައް އެ އަޅާއަށް މަތިވެރި ކުރެއްވުމަށް ޓަކައެެވެ.
ޤުދުސީ ހަދީސެއްގައި މާތް ﷲ ވަޙީކުރައްވަވާފައިވެއެވެ.
އެކަނލާންގެ އަޅާގެ ކުޑަ ދަރިފުޅުގެ ފުރާނަ ހިއްޕަވައިގަންނަ ވަގުތު އެ މަލާއިކަތުންނަށް ﷲ ވަޙީކުރައްވަވާނެތެވެ.
ތިޔަބައިމީހުން ތިޔަ ވަޑައިގަންނަވަނީ ތިމަން ﷲގެ އަޅާގެ ހިތުގެ މޭވާ ހިއްޕަވައިގެންނެވެ. އެ ހިނދު މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. އާދޭހެވެ. އަދި އެ މަލާއިކަތުންނަށް ﷲ ވަޙީކުރައްވާނެތެވެ. ތިޔަ ބޭކަލުން އެ ކުޑަ ކުއްޖާގެ ފުރާނަ ހިއްޕެވި ހިނދު ތިމަން ﷲ ގެ އަޅާގެ ދުލުން ބޭރުކުރީ ކީކޭތޯއެވެ. އަދި އޭގެ ޖަވާބުގައި އެ މަލާއިކަތް ބޭކަލުން ދެންނެވިއެވެ. އެ އަޅާ އިނބަ ﷲ އަށް ހަމްދުކުރިއެވެ. އަދި إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ, މިފަދައިން ކިއެވެ. އަދި ﷲ ވަހީޚުރެއްވިއެވެ. ތިމަން ﷲ ގެ އަޅާއަށް ސުވަރުގެއިން ގަނޑުވަރެއް ބިނާކޮށްދެއްވާށެވެ.
އެކުއްޖާގެ ބައްޕައަށް ނުވަތަ މަންމައަށެވެ. އެހެނީ އެފަދަ ވަގުތެއްގައިވެސް ކެތްތެރިކަން އަދާކުރީތީއެވެ. އަދި އެ ގަނޑުވަރަށް ބައިތުލް ޙަމްދުގެ ނަމުން ނަންދެއްވާށެވެ.
އެހެން ޤުދުސީ ހަދީސެއްގައި މާތް ﷲ ވަޙީކުރައްވަވާފައި ވެއެވެ. ތިމަން ﷲ ގެ މުއުމިނު އަޅާ، އޭނާގެ ލޮލުގެ ފިނިކަން. އެބަހީ ތުއްތު ކުޑަ ދަރިފުޅު، ދުނިޔެއިން ތިމަން ﷲ ގެންދަވައިފި ހިނދުގައި އެކަމަށް ކެތްތެރިކަން އަދާކޮށްފި ނަމަ ތިމަން ﷲ ގެ ހަޟުރަތުގައި ސުވަރުގެ ފިޔަވައި ޖަޒާއެއް ނުވެއެވެ.
މަޢުލޫމާތު: ތިލަފަތުގެ ދަރުހަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ