އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ކަމަށް، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.
ވީ ކިހިނެއް؟- ދިވެހިންގެ ތެރޭގައި ބޮޑަށް ގަބޫލުކުރެވިފައި އޮންނަނީ، ބޮލުގައި ކަޅުކުލަ ޖެއްސުމަކީ ކޮށްގެންނުވާނެ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ފަތުވާ މަޖިލީހުން އިއްޔެ އާއްމު ކުރި ފަތުވާގައި ބުނެފައިވަނީ އެ މައްސަލައިގައި މައިގަނޑު ދެ ރައުޔެއް އޮންނަ ކަމަށާއި އެ ދެ ރައުޔު ވެސް ބިނާވެފައި އޮންނަނީ ދަލީލުތަކުގެ މައްޗަށް ކަމަށެވެ.
ފަތުވާގައި ބުނީ:
މައްސަލަ ދިރާސާކޮށް، އިލްމުވެރިން ނެރުއްވާފައިވާ ހުކުމްތައް ގުޅިފައިވަނީ، އެ ބޭކަލުންގެ އިޖުތިހާދާ ކަމަށް
މިއީ އިޖުތިހާދީ މައްސަލައަކަށްވާތީ، ދެ ރައުޔު ވެސް އިލްމުވެރިން ގަބޫލު ކުރައްވާ ކަމަށް
އެކަމަކު ހުއްދަ ކަމަށް ވިދާޅުވާ އިލްމުވެރިންގެ ދަލީލުތައް ބާރުގަދަ ކަމަށް
"...[އެހެންވެ]، އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނަށް ބުރަ ވެވެނީ އިސްތަށީގައި ކުލަ ޖެއްސުމަކީ ހުއްދަ ކަމެއް ކަމަށެވެ،" ފަތުވާގައި ބުނެފައި ވެ އެވެ.
އިސްތަށިގަނޑުގައި ކަޅުކުލަ ޖެއްސުމަކީ ހުއްދަ ކަމެއް: ފަތުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ