ސައުދީގެ އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތޯނީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ. އެގޮތުން:
މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި
ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވި ކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައި
ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި، ސައުދީގެ އާ ސަފީރު އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު ރައީސަށް އެރުވުމުން ރައީސް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި މަރުހަބާ ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީ ސަރުކާރުން ރާއްޖެއަށް ދެމުންދާ އަގުހުރި އެހީތެރިކަމާއި އެއްބާރުލުމަށް ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުއްއަޒީޒް އާލް ސުއޫދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުއްއަޒީޒް އާލް ސުއޫދަށް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމާ ގުޅިގެން ވެސް އެ މަނިކުފާނު ޝުކުރު އަދާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެ އާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 17 މާޗު 1981ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ