ރާއްޖެ އާއި ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ)އާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މިއަދު މަޝްވަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަޝްވަރާތައް ކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީއެފްޑީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް-ސުވައިދީ ފިނޭންސް މިނިސްޓްރީގައި ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ބުނީ ކީކޭ؟ - ފިނޭންސް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ އެކު އޮންނަ ތަރައްގީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
އެނގުން މުހިންމު - އޭޑީއެފްޑީން އެންމެ ފަހުން ރާއްޖެއަށް އެހީތެރިކަން ދީފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު ނިންމުމަށް މިދިޔަ ޑިސެމްބަރުގައި ދިން 40 މިލިއަން ޑޮލަރުގެ ލުއި ލޯނަކުންނެވެ.
އޭގެ ކުރިން އޭޑީއެފްޑީން ވަނީ 2017ގައި ވެސް އެ މަޝްރޫއަށް 50 މިލިއަން ޑޮލަރުގެ ލުއި ލޯނެއް ދީފަ އެވެ.
ރާއްޖެ އާއި އަބޫ ދާބީ ފަންޑުން ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ