މެސީ ހިމެނޭ ގޮތަށް އާޖެންޓީނާ އިން ނޮބެމްބަރު މަހު އިންޑިއާގެ ކެރަލާގައި މެޗެއް ކުޅެނީ މެސީ ހިމެނޭ ގޮތަށް އާޖެންޓީނާ އިން ނޮބެމްބަރު މަހު އިންޑިއާގެ ކެރަލާގައި މެޗެއް ކުޅެނީ

ކެރަލާ، އިންޑިއާ (އޮގަސްޓް 23) - އަންނަ ނޮވެމްބަރު މަހު ފީފާ ބްރޭކުގެ ތެރޭގައި، އިންޑިއާގެ ކެރަލާގައި މެޗެއް ކުޅޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާނުކޮށްފި އެވެ.
މީގެ ކުރިން، އިންޑިއާ އިން ވަނީ މެސީ، 39، ހިމެނޭ ގޮތަށް އާޖެންޓީނާ ޓީމު އިންޑިއާގައި މެޗެއް ކުޅޭނެ ކަމަށް ހާމަކޮށްފަ އެވެ.
އާޖެންޓީނާ އިން އިއުލާނުކޮށްފައިވާ ގޮތުގައި، ފީފާ އިން ނޮވެމްބަރު 10-18 އަށް ކަނޑައަޅާފައި އޮތް ބްރޭކުގައި، ކެރަލާގައި މެޗެއް ކުޅެން ވަނީ ނިންމައިފަ އެވެ. މެޗު ކުޅޭނެ ސީދާ ތާރީހަކާއި މެޗު ކުޅެނީ ކޮން ޓީމަކާ ދެކޮޅަށް ކަމެއް ފަހުން އިއުލާނުކުރާނެ ކަމަށް ވެސް އާޖެންޓީނާ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ.
ކެރަލާގެ ސްޕޯޓްސް މިނިސްޓަރު، ވީ އަބްދުއްރަހުމާން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިން އިންޓަވިއުއެއްގައި ވިދާޅުވީ، މެސީ ހިމެނޭ ގޮތަށް އާޖެންޓީނާ އިން މި އަަހަރު ކެރަލާގައި މެޗެއް ކުޅޭ ގޮތަށް އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، އާޖެންޓީނާގެ ފުޓްބޯޅަ ފެޑެރޭޝަނާ އެކު، ވީ އަބްދުއްރަހްމާން އާއި ކެރަލާގެ ޗީފް މިނިސްޓަރު، ޕިނަޔާރީ ވިޖަޔަން ބައްދަލުވުން ކުރިއަށްގެންދިޔައީ، މިދިޔަ ސެޕްޓެމްބަރު މަހު މެޑްރިޑްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މި މެޗު ކުޅެން ހަމަޖެހިފައިވަނީ ކޯޗީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ.
މީގެ ކުރިން، މެސީ ވަނީ، 2011 ވަނަ އަހަރު އިންޑިއާގައި މެޗެއް ކުޅެފަ އެވެ. އެއީ، ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި، ވެނެޒުއޭލާއާ އެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށެވެ.
އިންޑިއާގައި މެސީގެ އާޖެންޓީނާގެ މެޗު ކުޅުމުގެ އެއް މަސް ކުރިން، ކްރިސްޓިއާނޯ ރޮނާލްޑޯގެ އަލް ނަސްރުން އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ މެޗެއްގައި ގޯއާއާ ދެކޮޅަށް ކުޅޭނެ އެވެ. އެ މެޗު އޮތީ އޮކްޓޫބަރު 22 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ