ފެންވަރު ރަނގަޅު ސެލްޕަކް ޓިޝޫ ވީބީން ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ސެލްޕަކް ޓިޝޫ ވީބީން ހެޔޮ އަގެއްގައި

ފެންވަރު ރަނގަޅު ސެލްޕަކް ޓިޝޫ ހެޔޮ އަގެއްގައި ވީބީ ބްރަދާސް އިން ލިބެން އެބަހުއްޓެވެ.
ވީބީން އެތެރެކޮށް ވިއްކާ ސެލްޕަކް ޓިޝޫއަކީ މަޑު އެކަމަކު ފަސޭހައިން އިރައިގެން ނުދާ ވަރުގަދަ ޓިޝޫއެކެވެ. އެ ޓިޝޫގައި ދެ ލޭޔަރު ނުވަތަ ތިން ލޭޔަރު ހުރުމުގެ ސަބަބުން ޓިޝޫ އެއްކޮށް ފޯވާން ވަގުތުކޮޅެއް ނަގަ އެވެ.
ސެލްޕަކް ޓިޝޫއަކީ އެހެން ބްރޭންޑްތަކާ ހިލާފަށް ސާފުތާހިރު ކަމަށް އިސްކަންދީގެން ތައްޔާރުކޮށްފައިވާ ޓިޝޫއެކެވެ. ސެލްޕަކްގެ ޓިޝޫގެ ތެރޭގައި ވެޓް ވައިޕްސް، ޕޮކެޓް ޕެކްސް ހިމެނެ އެވެ.
ޕްރިމިއަމް ބްރޭންޑެއް ކަމަށްވާ ސެލްޕެކްގެ ޓިޝޫއަކީ ތުރުކީ އަދި މެދުއިރުމަތީގައި އެންމެ ހިނގާ ޓިޝޫ ކަމަށްވާއިރު، ފެންވަރު ރަނގަޅުކަމުން ގިނަ ހޮޓާތަކާއި ރެސްޓޯރެންޓްތަކުގައި އެ ޓިޝޫ ބޭނުން ކުރެ އެވެ.
އާންމުކޮށް ދިވެހިން ބޭނުންކުރާ ހުރިހާ ބާވަތެއްގެ މުދާ ވީބީ ބްރަދާސްއިން ވިއްކަ އެވެ. އެ ކުންފުނީގެ ސޯލް ޑިސްޓްރިބިއުޓަރުކަން ލިބިފައިވާ މުދަލުގެ ތެރޭގައި އަލްމުދިޝް ހިކި ކިރު އަދި ދިޔާ ކިރުގެ އިތުރުން އެ މަރުކާގެ ޓޮމާޓޯ ޕޭސްޓު ހިމެނެ އެވެ.
މަގުބޫލު ނެޕީ ބްރޭންޑު، މަމީޕޮކޯ އާއި ޕްރިންގަލްސްގެ ޗިޕްސް ވެސް އެތެރެކޮށް ވިއްކަނީ ވެސް ވީބީންނެވެ. ކެލޮގްސް އަދި މަޝްހޫރު ޗޮކްލެޓް ބްރޭންޑް، މާސް ވެސް އެތެރެކޮށް ވިއްކަނީ ވީބީންނެވެ.
ވީބީ ބްރަދާސްގެ ދެ މާޓު މާލޭގައި ހުރެ އެވެ. ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ އޯޝަން ފްރަންޓް ރެސިޑެންސްގެ ގްރައުންޑު ފްލޯގައި ވެސް ވީބީ މާޓު ހުރެ އެވެ.
ހޯލް ސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވީބީގެ ހޯލްސޭލް އައުޓްލެޓް އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި އަދި ތިނަދޫން ވެސް މި އުފެއްދުމާއި ވީބީގެ އެހެން އުފެއްދުންތައް ވެސް ލިބޭނެ އެވެ. މާލޭގައި ވީބީގެ ހޯލްސޭލް ދެ އައުޓްލެޓް ހުރިއިރު، ހުޅުމާލޭގައި އެއް އައުޓްލެޓް އެބަ ހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ