ކުރިއަށް އޮތް 4 ދުވަހު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ: މެޓް

މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.މެޓު އޮފީހުން ބުނީ މާދަމާއިން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހަށް މޫސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓު އޮފީހުން ބުންޏެވެ.ވައި ބާރުވެ، ވިލާގަނޑުގައި އިތުރަށް ވައި ބާރުވާނެކަނޑުތައް އަދި ހާއްސަކޮށް ކަނޑުއޮޅިތައް ގަދަވެ، ވިލާގަނޑުގައި އިތުރަށް ގަދަވާނެރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވުމާއެކު ގުގުރާނެދިޔަވަރު ބޮޑުވާއިރު އުދައިގެ އަސަރުކޮށްފާނެމޫސުމަށް ސަމާލުވެ އާންމު ދިރިއުޅުގައި އުޅުމަށް މެޓު އޮފީހުން އިލްތިމާސް ކުރެ އެވެ. އަދި މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އަދާހަމަކޮށްގެން މެނުވީ ދަތުރު ނުކުރަން ވެސް އެ އޮފީހުން އިލްތިމާސް ކުރެ އެވެ.މިހާރު މިއީ 18 ނަކަތް ހިމެނޭ ހުޅަނގު މޫސުމުގެ ދެ ވަނަ ނަކަތް ކަމަށްވާ ފުސް ނަކަތުގެ ދެ ވަނަ ދުވަހެވެ. މިއީ އާންމުކޮށް ބޯކޮށް ވާރޭވެހޭ ނަކަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ