ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑް މެމްބަރު ކަމަށް 4 ބޭފުޅަކު އައްޔަންކޮށްފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑް މެމްބަރު ކަމަށް 5 ބޭފުޅަކު އައްޔަން ކޮށްފިއެވެ. 
ޕީސީބީން މިއަދު އާއްމު ކުރި އިއުލާނުގައިވާގޮތުން ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑު މެންބަރު ކަމަށް އިއްޔެ ވަނީ ފަސް މެންބަރުން އައްޔަނު ކޮށްފައެވެ. 
އެއީ، 
1) ހަސަން މިރާސް، މއ. މާފުނަ
2) އަހުމަދު އަޒްޔާން ހަމީދު، މ.ލަންސިމޫގެ
3) މައީޝާ އިބްރާހީމް، ތިކުރީތު، ދ.ކުޑަހުވަދޫ
4) އަޒުމީން ރަޝީދު، ޗަނބޭލީވިލާ، ގދ.ރަތަފަންދޫ
ޑީބީއެމްގެ ޗެއާޕާސަންއަކީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ، އަރޫނީ ގޫނަތިލަކަ ކިޔާ ބޭފުޅެކެވެ.
އެ ބޯޑަށް ފުރަތަމަ އައްޔަންކުރި ބޭފުޅުންގެ ތެރޭ ހިމެނޭ އަހުމަދު އަލީއާއި ބޭންކުގެ ސީއީއޯ ވަނީ އިސްތިއުފާ ދެއްވާފައެވެ.  
ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މި ބޭންކު އުފައްދާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ބޭރުގެ ރެކްރޫޓްމަންޓް އެޖެންސީއެއް މެދުވެރިކޮށް އެމްޑީބީ ހިންގުމަށް ބޭންކިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ