އިންގްލެންޑްގެ ޓެސްޓް ކްރިކެޓް ޓީމަށް އާޗާގެ އެނބުރި އައުން ފަސްވެއްޖެ އިންގްލެންޑްގެ ޓެސްޓް ކްރިކެޓް ޓީމަށް އާޗާގެ އެނބުރި އައުން ފަސްވެއްޖެ

ބާމިންހަމް (ޖުލައި 1) - އިންގްލެންޑްގެ ބާރު އުކުންތެރިޔާ، ޖޯފްރާ އާޗާ، އެ ގައުމުގެ ޓެސްޓް ކްރިކެޓް ޓީމަށް އެނބުރި އައުން ފަސްވެއްޖެ އެވެ.
އިންޑިއާއާ ދެކޮޅަށް އިންގްލެންޑުން ކުޅޭ ދެ ވަނަ ޓެސްޓް މެޗުގެ ސްކޮޑުގައި ވެސް އާޗާ އަށް ފުރުސަތެއް ނެތެވެ.
އާޗާ، 30، އަށް ވަނީ ހަަތަރު އަހަރަށް ފަހު، އިންގްލެންޑްގެ ސްކޮޑުން ފުރުސަތު ދީފަ އެވެ. އެކަމަކު، ހޯމަ ދުވަހު އިންގްލެންޑުން ބޭއްވި ފަރިތަކުރުންތަކުގައި އާޗާ އަށް ބައިވެރިވެވޭ ގޮތް ނުވުމުން، އޭނާ އަށް ސްކޮޑުން ޖާގަ ނުލިބުނީ އެވެ. އިންގްލެންޑުން ބުނީ، އާއިލީ ޒިންމާ އަދާކުރުމަށް ޓީމާ ދުރަށް ދާން ޖެހުނު އާޗާ، މާދަމާ އަލުން ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށެވެ.
އިންގްލެންޑްގެ އެކި ފޯމެޓްތަކުގެ ކްރިކެޓް ޓީމުތަކުން ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކަމުން އައި، އާޗާ ވިދާލިއިރު، އެންމެ ފަހުން، އިންގްލެންޑް ޓީމަށް ޓެސްޓް ކްރިކެޓް މެޗެއް ކުޅުނީ 2021 ވަނަ އަހަރު އެވެ. އެއީ، ވެސް އިންޑިއާއާ ދެކޮޅަށެވެ.
ފާއިތުވި އަހަރުތަކުގައި، އަތުގެ އުޅަބޮއްޓަށާއި ބުރަކަށީގެ އަނިޔާތަކުގެ ސަބަބުން އާޗާ އަށް ގިނަ މެޗުތަކެއް ގެއްލިގެންދިޔަ އެވެ.
އިންގްލެންޑާއި އިންޑިއާ އިން ކުޅޭ ފަސް މެޗުގެ ޓެސްޓް ސީރީސްގެ ފުރަތަމަ މެޗުން އިންޑިއާ ފަސް ވިކެޓުން ބަލިވިއިރު، ދެ ވަނަ ޓެސްޓް މެޗު މާދަމާ ފަށާނެ އެވެ. އެ މެޗުގެ ސްކޮޑުން، އިންޑިއާގެ ފާސްޓް ބޯލަރު، ޖަސްޕްރީތު ބުމްރާ ބޭނުންކުރުމާ މެދު އަދި ގޮތްތަކެއް ކަނޑަނާޅަ އެވެ. އިންގްލެންޑުން ކުރިއަށް ހުރި މެޗުތަކުގައި އާޗާ ބޭނުންކުރުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ