ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ކޮލިފިކޭޝަން މެޗު (ރޭންކިން މެޗު)ގައި ސްޕޯޓްސް ކްލަބް ސިޓީގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދާ ޕޮލިސް ކްލަބުން ގައުމީ ވޮލީބޯލް ލީގުގެ ޖާގަ ކަށަވަރުކޮށްފި އެވެ.
އެސޯސިއޭޝަން ކަޕުގެ ސެމީ ފައިނަލުން ޖާގަ ހޯދާ ގައުމީ ލީގުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ކްލަބް އެޗްޑީސީ، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ދިވެހި ސިފައިންގެ ކްލަބް އަދި ހުރާ ކޮމިއުނިޓީ ކްލަބް އެވެ.
ގައުމީ ވޮލީބޯލް ލީގުގެ ފިރިހެން ޑިވިޝަނުގައި މި ފަހަރު ފަސް ޓީމެއް ވާދަކުރާނެ އެވެ. އެހެންވެ، ގައުމީ ލީގަށް ކޮލިފައިވާ ފަސްވަނަ ޓީމެއް ހޮވުމަށް ވަނީ ރޭންކިން މެޗެއް ކުޅެފަ އެވެ. މި މެޗު ކުޅުނީ އެސޯސިއޭޝަން ކަޕުގައި ކުޅުނު ޓީމުތަކުގެ ތެރެއިން ކޮންމެ ގްރޫޕަކުން ތިންވަނަ އަށް ދިޔަ ޓީމުގެ މެދުގަ އެވެ.
ކޮލިފިކޭޝަން މެޗުގައި ޕޮލިސް ކްލަބުން ސިޓީގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ 25-21، 25-22 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ބިދޭސީ ކުޅުންތެރިޔާ ޗަރިންގް އެވެ.
އެސޯސިއޭޝަން ކަޕުގައި މިއަދު ކުޅޭނީ ސެމީ ފައިނަލް މެޗުތަކެވެ. ފުރަތަމަ މެޗުގައި މިއަދު ހަވީރު، އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް އެޗްޑީސީ އިން ނުކުންނާނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. އަދި މިރޭ، ދިވެހި ސިފައިންގެ ކްލަބުން ނުކުންނާނީ ހުރާ ކޮމިއުނިޓީ ކްލަބާ ދެކޮޅަށެވެ.
ސިޓީ ބަލިކޮށް ޕޮލިހުން ގައުމީ ވޮލީ ލީގުގެ ޖާގަ ކަށަވަރުކޮށްފި ސިޓީ ބަލިކޮށް ޕޮލިހުން ގައުމީ ވޮލީ ލީގުގެ ޖާގަ ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ