ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ރާއްޖެއިން ހިމަބިހި (މީސްލްސް) ގެ އިތުރު 2 ކޭސް ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 11 އަށް އަރާފައެވެ.
އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހިމަބިހިން ރައްކާތެރިވުމަށް ދެވޭ މީސްލްސް ވެކްސިންގެ 2 ޑޯޒް ހަމަކޮށްފައިވޭތޯ ޔަގީންކުރަން އެދިފައެވެ. އަދިހާއްސަކޮށް ކުޑަކުދިންނަށް ވެކްސިން ދޭންޖެހޭ އުމުރުގައި ވެކްސިން ދިނުން މުހިންމުކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ބަލީގެ އަލާމާތްތައް ހުރިނަމަ ލަސްނުކޮށް ދެއްކުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ވަނީ ހުންއައުމާއެކު ހަމުގައި ބިހިތަކެއް ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިއަކަށް ދެއްކުމަށް އެދިފައެވެ. އަދި ބަލީގެ އަލާމާތްތައް ފެންނަ މީހުން، އެހެން މީހުންނާ ބައްދަލުވުން މަދުކޮށް، ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ނުވަތަ ޝައްކުކުރެވޭ ކަމެއް ހުރިނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިންގެ އިރުޝާދާއި އެހީތެރިކަން ހޯދުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.
މީގެ އިތުރުން އެޗްޕީއޭ އިން ވަނީ މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތައް އިތުރުވުމުން ދިއުމާއި ގުޅިގެން އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ނިންމާފައެވެ.
ހިމަބިހީގެ އިތުރު 2 ކޭސް ފެނި، ޖުމްލަ އަދަދު 11 އަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ