ބެލްޓަށް ދޫކޮށްލާފައި އޮތް ފޮށީގައި ޑްރަގް، ނަން އޮތް މީހާ ބުނީ ރާއްޖެ އައީ ހުސްއަތާ ކަމަށް!

ރާއްޖެއަށް އައި އިންޑިއާ މީހެއްގެ ލަގެޖުން މަސްތުވާތަކެތި ފެނުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރުމުން، ރާއްޖެއަށް އައީ ލަގެޖެއް ނުލައި ކަމަށް އޭނާ ބުނެފި އެވެ. 
ޑްރަގް ސްމަގުލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނެއް ކަމަށްވާ އެލީސް މައިކަލް ބަރަމްހޭން، 29، އެހެން ބުނި ނަމަވެސް ލަގެޖުގައި ވަނީ އޭނާގެ ނަމާއި އެނޫން ވެސް މައުލޫމާތު ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ. އަދި ރާއްޖެއަށް އައީ ވެސް ލަގެޖު އައި ފްލައިޓުން ކަމަށް ބުންޏެވެ. 
މަސްތުވާތަކެތި ފެނުނު ލަގެޖު އޮތީ ލަގެޖް ބެލްޓަށް ދޫކޮށްލައިފަ އެވެ.
އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ފުލުހެއްގެ ބަޔާނާއި ތަހުގީގުކުރުމަށް ފުލުހުންނަށް ހުށަހަޅާ ފޯމު ލިބިފައިވާ ކަމަށެވެ.
ތުހުމަތުކުރެވޭ އެލީސް ބުނީ އޭނާ ރާއްޖެއަސް އައީ އެއްވެސް ލަގެޖެއް ނުލައި ކަމަށާއި ކެމެރާ ބަލައިފި ނަމަ އެކަން އެނގޭނެ ކަމަށެވެ.
The most trusted news source in the Maldives
ރާއްޖެއަށް މަސްތުވާތަކެތި އެެތެރެ ކުރާ މައްސަލަތަކުގައި ހައްޔަރުކުރާ އިންޑިއާ މީހުންގެ އަދަދު މިފަހުން އިތުރުވެފައިވާއިރު މިފަހުން ހައްޔަރުކުރި ބަޔަކު ބުނީ އެ މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުން ކަމަށެވެ. އަދި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ބަޔަކު ހަވާލުކުރި ތަކެތި ކަމަށް އެމީހުން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ