ޕެރަގުއޭގެ މައްޗަށް ކުރި ހޯދައި އެމެރިކާއިން ފެށުން ވަރުގަދަކޮށްފި

ޕެރަގުއޭގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރި ހޯދައި އެމެރިކާއިން ވޯލްޑް ކަޕްގައި އެ ގައުމުގެ ފެށުން ވަރުގަދަކޮށްފި އެވެ.އެމެރިކާއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި މިމެޗުގައި އެޓީމުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 7 ވަނަ މިނެޓުގައެވެ. ނަމަވެސް މިލަނޑަކީ ޕެރަގުއާއީގެ ޑިފެންޑަރ ޑާމިއަން ބޮބަޑިއްޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.މިމެޗުގައި އެމެރިކާއިން ކާމިޔާބުކުރި ދެވަނަ ލަނ، މެޗުގެ 31 ވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްފައިވަނީ ހުނަރުވެރި ފޯވަޑް ފްލޮރިއަން ބަލޮގުންއެވެ. މިމެޗުގައި އެމެރިކާގެ ތިންވަނަ ލަނޑު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީވެސް ބަލޮގުންއެވެ.މިމެޗުގައި ޕެރަގުއާއީއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު އެޓީމުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ 73 ވަނަ މިނެޓުގައި މައުރީސިއޯ އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖިއޯ ރޭނާ ފޮނުވާލި ފާހަގަކޮށްލެވޭ ރީތި ހަމަލާއަކުން އެމެރިކާއަށް ވަނީ ހަތަރުވަނަ ލަނޑު ޖަހައިފަ އެވެ. އެ ހަމަލާއާ އެކު އެމެރިކާއިން ވަނީ ބޮޑު މޮޅަކާއެކު މެޗު ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ