ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް، ލޫޠު މުހައްމަދު ހުސައިން އައުކޮށް، ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރިކޯޑް އާން ޙުސައިން އައުކޮށްފިއެވެ.
މި ދެ އެތްލީޓުން ޤައުމީ ރިކޯޑް އައުކޮށްފައިވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 23 ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކޮށްގެންނެވެ.
އެގޮތުން ލޫޠު ޤައުމީ ރިކޯޑް އައުކޮށްފައިވަނީ 01:10:63 އިން އިވެންޓް ނިންމައިގެންނެވެ.
މި ރެކޯޑް ކުރިން ދަމަހައްޓަމުން އައީވެސް ލޫތެވެ. އޭނާ އެ ރިކޯޑް ހަދާފައިވަނީ މިދިޔައަހަރު ރޮމޭނިޔާގައި ބޭއްވި 10 ވަނަ ވޯލްޑް އެކުއަޓިކްސް ޖޫނިއާ ޗެންޕިއަންޝިޕުގައި ވާދަކޮށް 01:10:95 އިން ރޭސް ނިންމައިގެންނެވެ.
އާން ޤައުމީ ރިކޯޑް އައުކޮށްފައިވަނީ 29.18 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި އިވެންޓުގެ ޤައުމީ ރިކޯޑް އެންމެފަހުވެސް އައުކޮށްފަވަނީ އާންއެވެ. އެއީ 2024 ވަނަ އަހަރު ފިލިޕީންސްގެ ނިއު ކްލާކް ސިޓީގައި ކުރިއަށްދިޔަ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެންޕިއަންޝިޕުގައި ވާދަކޮށް 29.51 އިން ރޭސް ނިންމައިގެންނެވެ.
އާން އަދި ލޫޠު ޤައުމީ ރިކޯޑް އައުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ