މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްސަ އިނާމަށް ހުޅުވާލަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ އާދީއްތަ ދުވަހު ހުޅުއްވައިލާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. މި ގޮތަށް ހަމަޖައްސާފައިވަނީ ޚާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 31 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށެވެ. ޚާއްޞަ އިނާމާބެހޭ ކޮމިޓީން މަޢުލޫމާތު ދެއްވާ ގޮތުގައި، މިއަހަރުވެސް މި އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ގިންތިއަކުންނެވެ. އިނާމަށް ނަން ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ހަމައެކަނި ރައީސް އޮފީހުގެ ފޯމު ހުށަހެޅުމަށް އިންނަ ޚާއްސަ ޕޯޓަލް އެއް މެދުވެރިކޮށެވެ. އިނާމަށް ނަން ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ކޮމިޓީން ވަނީ އެދިފައިއެވެ. އެގޮތުން، ހުށަހަޅާ ލިޔުންތަކުގެ ދެފުށުގައި ލިޔެފައިވާނަމަ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހުމާބެހޭ ގަވާއިދާ އެއްގޮތަށް އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަންޖެހޭނެއެވެ. މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މި އިނާމަކީ އެކި ދާއިރާތަކުން މަތީ ކާމިޔާބީތައް ހޯދާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ޝަރަފުވެރި އިނާމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ