އެމްޑީޕީގެ އިންތިހާބުތަކުގައި އެންމެ އިސް އެއް ރޯލު އަދާކުރަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ހާމަކޮށްފިއެވެ.
ޓްވީޓެއް ކުރައްވާ މޫސަ ވިދާޅުވީ، 2008 ވަނަ އަހަރުވެސް އެމްޑީޕީއިން އިންތިހާބު ކާމިޔާބު ކުރުމަށް ޖޭޕީގެ ލީޑަރ ގާސިމްގެ އެހީ ހޯއްދެވިކަމަށް އަދި 2013 ވަނަ އަހަރުވެސް ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ރައީސް ސޯލިހު އަތަށް ގާސިމް ޗެކެއް ދެއްވިކަމަށްވެސް މޫސަ ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ހިމެނޭ މައުލޫމާތުތަކެއް ޓްވިޓަރގައި ހާމަކޮށް މޫސަ ވިދާޅުވީ، ރައީސް ސޯލިހު އަތަށް ޑޮލަރ ޗެކެއް ދެއްވާފައި މާފަންނު ވިލާއަށް ފޮނުވި ވާހަކަ ގާސިމްވަނީ ޓީވީއަށް އަރާ ވިދާޅުވެފައިކަމަށެވެ. އަދި 2018ވަނަ އަހަރުވެސް ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ރައީސް ނަޝީދު އެނާއަށް ޕޯނުކޯލެއް ކުރެއްވި ވާހަކަ ގާސިމް ވިދާޅުވިކަމަށްވެސް މޫސަ ފާހަގަކުރެއްވިއެވެ.
2008 ga ves inthikhaabu kaamiyaabukuran gasimkaariyah ANI diya 2013 ga ANNI ah verikan hoadhaadheynvegen R solih athah Dollaru Cheq dheefa maafannu vilaa ah fonuvi vaahaka qasim tv ah araa indhegen govi adu ehin 2018 ga German ga qasim hutta Nasheed ghulhi vaahaka qasim buni
— Moosa Maniku (Reeko) (@ReekoMoosa) June 11, 2022
މޫސަ މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ސޯލިހުވަނީ ރިޔާސީ ރޭހުގައި ބައިވެރިވެވަޑައިގަންނަވާ ވާހަކަ އިއުލާނުކުރެއްވުމަށްފަހު، ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ބައްދަލު ކުރެއްވުމަށް މާމިގިއްޔަށް ވަޑައިގެންފައިއެވެ. ރައީސް ސޯލިހު ކުރެއްވި ދަތުރާއިމެދު އެކި ފަރާތްތަކުން ވާހަކަތައް ދައްކަމުންދާއިރު، ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން، މި ބައްދަލުވުމަކީ ކޯލިޝަންގެ ބައްދަލުވުންތަކެއް ނޫންކަމަށެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހާއި އެކު، އިގްތިސޯދީ ވަޒީރު ފައްޔާޒު އިސްމާއިލް އިންނެވި އިރު، ދިވެހި ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޝާމާލްވެސް ބައިވެރިވެވަޑައިގެންފައިވާ ފޮޓޯއެއް އާންމުވެފައިވުމުން، އެކި ފަރާތްތަކުން އެކަމަށް ފާޑުވިދާޅުވަމުންދާކަން ފާހަގަކޮށްލެވެއެވެ.
އެމްޑީޕީއަށް ވެރިކަން ހޯދައިދެނީ ގާސިމް: ރީކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ