މި އަހަރުގެ ޙައްޖަށްދާ ޙައްޖާޖީންގެ ފުރަތަމަ ފްލައިޓް ފުރުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފުރަތަމަ ފްލައިޓުން ހަވީރު 15:10 ގައި ފުރާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ފުރާ ޙައްޖުވެރިންނެވެ.
މި ފަހަރު ޙައްޖާޖީން ޖުމްލަ 6 ފްލައިޓެއްގައި ފުރުމަށް ހަމަޖެހިފައިވާއިރު ފްލައިޓްތައް އޮންނާނީ މި ހިނގާ ޖޫންމަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހުއެވެ.
ޖުމްލަ 6 ފްލައިޓަކަށް ބަހާލައިގެން ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު އަދި ޙައްޖުވެރިންގެ ޢަދަދުވެސް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު:
އެގޮތުން މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 3:10 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 290 ޙައްޖާޖީން ފުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 13 ވަނަ ދުވަހު މެންދުރު 12:50 ގައި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ 90 ޙައްޖާޖީން، 15 ވަނަ ދުވަހުގެ ރޭގަނޑު 07:00 ގައި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑްގެ 90 ޙައްޖާޖީން، އަދި 16 ވަނަ ދުވަހުގެ މެންދުރުފަހު 3:10 ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 290 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 16 ވަނަ ދުވަހުގެ ރޭގަނޑު 7:00 ގައި އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 90 ޙައްޖާޖީންވެސް ފުރާނެއެވެ. 19 ވަނަ ދުވަހުގެ މެންދުރުފަހު 3:10 ގައި މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ބާއްވާ ފަހު ފްލައިޓް ފުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 290 ޙައްޖާޖީންނާއި އެކުގައެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ. އެގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަގެޖް ކަލެކްޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިކަމުގައި މިނިސްޓްރީން ހާމަކުރެއެވެ.
އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާ ހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާއިރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
މި އަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅަކީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވާފައެވެ.
ސަޢޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 1000 ކޯޓާއެވެ.
މި އަހަރު ހައްޖަށްދާ ހައްޖާޖީންގެ ފުރަތަމަ ފްލައިޓު މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ