ބޭންކުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާކުޑަކަމުން: މަވޯޓާ

ބޭންކު އޮފް މޯލްޑިވްސްގެ އެކައުންޓުތަކުން ފައިސާ ގެއްލެނީ ކަސްޓަމަރުންގެ ފަރުވާ ކުޑަކަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްގައި ހުޅުވާފައިވާ އާއްމުންގެ އެކައުންޓުތަކުން ވެރިފަރާތަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފު ވިދާޅުވީ ބޭންކުގައި އޭނާގެ 6 އެކައުންޓު އޮންނަ ކަމަށާއި ދުވަހަކުވެސް ފައިސާ އެއް ގެއްލިފައިނުވާކަމަށެވެ
ޝަރީފު ވިދާޅުވީ އެކި ފާޑުފާޑުގެ ކޮމްޕްރޮމައިޒް ސައިޓުތަކަށް އެކައުންޓު ކޮމްޕްރޮމައިޒްވާ ގޮތަށް ބައެއް މީހުން ވަދެގެން އެތަންތަނުން ފައިސާ ކެނޑީމާ ދިމާވާ މައްސަލައަކީ މުޅިއެކުން ބޭންކުގެ ޒިއްމާއެއް ނޫންކަމަށެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ ބޭންކު އެކައުންޓުތަކުން ފައިސާ ކެނޑޭ މައްސަލަ ސިޔާސީކޮށްގެން ދެއްކުމަކީ ހިތާމަ ހުރި ކަމެއްކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ  މިގޮތަށް މިކަން ކޮށްފި ނަމަ މުޅިރާއްޖޭގެ އިގްތިސާދު ސުންނާފަތިވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށާއި ދިވެހިރާއްޖޭގައި އޮތް ރައްޔިތުންގެ ބޭންކް ބަނގުރޫޓުވެ އިނދަޖެހުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ. އަދި  މިއީ ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެއްކަމަށް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ