"ޓެރިފް ރާޓަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން. ކަރަންޓު ބޭނުން ކުރުމަކީ ސްޓެލްކޯ އިން ކޮންޓްރޯލެއް އޮންނަ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.
ރީޑިން ނުނަގާ މި މަހުގެ ކަރަންޓް ބިލުތައް ބޮޑު ކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ދޮގު ކުރައްވައިފި އެވެ.
މިދިޔަ މަސް ތެރޭގައި ވަރަށް ހޫނު ގަދަ ދުވަސްތަކެއް ދިޔަ އެވެ. އެދުވަސްތަކުގައި ލޯޑު ބޮޑުވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރި މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރު ވެފަ އެވެ. އެޔާއެކު ބިލު ބޮޑުވެދާނެ ކަމަށް ސްޓެލްކޯ އިން އަންދާޒާ ކޮށްފައިވެ އެވެ.މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އާދަޔާ ހިލާފަށް ބިލު ބޮޑުވެފައިވާ ކަމަށް ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ހިއްސާ ކޮށްފައިވެ އެވެ. ބިލު ފޮނުވާފައި ވަނީ ރީޑިން ނުނަގާ ކަމަށް ބައެއް ފަރާތްތައް ދައްކާ ވާހަކަތަކަށް ޝަރީފް ވަނީ ޓްވީޓެއް މެދުވެރިކޮށް ރައްދު ދެއްވާފަ އެވެ.ޝަރީފް ވިދާޅުވެފައި ވަނީ ސްޓެލްކޯއިން އެއް އިރެއްގައި ވެސް ކަރަންޓު ބިލާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހާމަ ކޮށްފައި ނުވާނެ ކަމަށެވެ.
"ޓެރިފް ރާޓަކީ ސްޓެލްކޯ އިން ކަނޑައަޅާ ކަމެއް ނޫން. ކަރަންޓު ބޭނުން ކުރުމަކީ ސްޓެލްކޯ އިން ކޮންޓްރޯލެއް އޮންނަ ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.ބައެއް މީހުން ސޯޝަލް މީޑިއާގައި ބިލުތައް ވެސް ހިއްސާކޮށްފައިވެ އެވެ. އެގޮތުން ބިލަށް 500 ރުފިޔާއަށްވުރެ ދަށުން ކޮންމެ މަހަކު އަރާ ގޭގޭގައި މިމަހުގެ 2000 ރުފިޔާއަށް ވުރެ މަތިން އަރާފައިވެ އެވެ. އެކަމާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ރީޑިން ނުނަގާ ކަރަންޓު ބިލު ބޮޑުކުރި ވާހަކަ ދޮގުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ