ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ނާކާމިޔާބީގެ އަސްލު: ރައީސް ނަޝީދު

ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށާ އެއީ ނާކާމިޔާބީގެ އަސްލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ޕާޓީތަކުން ރިޔާސީ އިންތިހާބަށް ކުރާ ދަތުރުގައި ތަންފީޒުކުރުމަށް ވައުދުވާ ސިޔާސަތުތައް އެކުލަވާލުމަކީ އެންމެ މުހިންމު އެއް ކަންތައްތައް ކަމަށެވެ.
ހަމަ އެހެންމެ ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Advertisement
"ޓްރާންސެކްޝަނަލް އުސޫލުން ވޯޓު ހޯދަން އުޅުމަކީ ވޯޓު ގަންނަން އުޅުން. އަޅުގަނޑު ދެކޭގޮތުގައި އެއީ ނާކާމިޔާބުގެ އަސްލު" ނަޝީދު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އެމްޑީޕީގެ އުސޫލު ތަކާއި ޚިލާފަށް ވެރިކަން ކުރަމުން އަންނަ ކަމަށް ބުނެ ރައީސް ނަޝީދު ވަނީ ޕާޓީގެ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ގޮތްޕެއް އުފައްދަވާފައެވެ. 
އަދި އެ ގޮފީގެ މެންބަރުން އެންމެ އަޑު ހަރުކޮށް ދައްކަވާ އެއް ވާހަކަ އަކީ އިންތިޚާބު ތަކާއި ދިމާކޮށް ސަރުކާރުން ވަޒީފާތައް "އޮއްސަމުން" ދާ ވާހަކައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ތެރެއިންނާއި، ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ތެރެއިންވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ "ބަހާފައި" ވާކަމަށް ތުހުމަތު ކޮށްފައިވާއިރު، އެފަދަ ކަންކަމަކީ އެމްޑީޕީ އެކަން ކަމަށާއި ދެކޮޅު ހަދައި އެކަންކަން ހުއްޓުވަން އައި ކަންކަން ކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ