ގާސިމް ނިންމަވައިފިނަމަ ޕީޕީއެމަށް ދާނަން، ޕާޓީގެ ދޮރި ހުރީ ހުޅުވިފަ: އާރިފް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކޮންމެ ނިންމުމަކަށް ތާއިދުކުރާނެ ކަމަށާއި އެމަނިކުފާނު ނިންމަވައިފިނަމަ ޕީޕީއެމަށްވެސް ދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖޭޕީގެ ސެކްރެޓަރީ ޖެނަރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީން މިމަހު ބާއްވާ އެޕާޓީގެ 4ވަނަ ޤައުމީ ކޮންފަރެންސްއާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އާރިފް ވިދާޅުވީ ގާސިމް އިބްރާހިމް ނިންމެވީ ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ ކަމަށެވެ.
“ޕީޕީއެމްއާ ގުޅިވަޑައިގެން ކުރިއަށް ދިއުމަށް ކަމަށްވާނަމަ އެ ޕާޓީއާ އެކު ވެސް ކުރިއަށް ދާނެ. އެމްޑީޕީއާއި އެކު ކުރިއަށްް ވަޑައިގަތުމަށް ނިންމަވައިފިނަމަ އެ ޕާޓީއާ އެކުވެސް ކުރިއަށް ދާނެ” އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ގާސިމްގެ ނިންމެވުމުން މިދިޔަ އަހަރު ފެބްރުއަރީ މަހު ކޮމަންޑޫ ދާއިރާއަށް ވަޑައިގެން އެމްޑީޕީއަށް ވެސް ގޮނޑިއެއް ހޯދައިދީފައިވާނެ ކަމަށެވެ. އަދި ދިވެހިންގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ގާސިމް ކުރެއްވި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ކުރައްވާނެ ކަމަށް އާރިފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ