ރައީސް ސޯލިހާއި ރައީސް މައުމޫން ބައްދަލު ކުރައްވަނީ

ރައީސް އޮފީހުގައި ބާއްވާ މި ބައްދަލުވުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވަޑައިގެންނެވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ލީޑަރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ރައީސް އޮފީހަށް ވަޑައިގެންފި އެވެ.
ރައީސް އޮފީހުގައި ބާއްވާ މި ބައްދަލުވުމަށް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނާއި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވަޑައިގެންނެވި އެވެ.ދެ ރައީސުން ބައްދަލު ކުރައްވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމް އަށް ހުށަހެޅި ހުށަހެޅުމަށް މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެ އެވެ. ކުރިން އެޕާޓީން ބުނެފައި ވަނީ ރައީސް މައުމޫން ރާއްޖޭގައި ނެތުމުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.ސެޕްޓެންބަރު ނުވަވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. އަދި އެމްޑީއޭ އިން ވެސް މިހާރު ވަނީ ކޯލިޝަން ހަދަން އެއްބަސްވެފަ އެވެ.
ނަމަވެސް ކޯލިޝަންގައި އޮތް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީން ރައީސްގެ ސިޓީފުޅާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ޕާޓީން މިހާރު ނިންމާފައި ވަނީ ވަކިން އިންތިހާބުގައި ވާދަކުރުމަށެވެ. އެޔާއެކު ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ ތެރެއިން ހިންގާ "ފިކުރެއްގެ ދިރުން" ހަރަކާތާއެކު އެ ޕާޓީން ވަނީ މަސައްކަތް ފަށައިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ