ހަތަރު އަހަރުވެގެން ދިޔައިރު ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން މި ސަރުކާރަށް ކެރިވަޑައިނުގަތް ކަމަށް އުޝާމް ވިދާޅުވިއެވެ.
ޝަރުއީ ދާއިރާ މިއަދު މަސައްކަތް ކުރަމުން އަންނަނީ ފުރިހަމަ މިނިވަންކަމާ އެކު މުސްތަގިއްލު ބާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަތަކަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނާއިބު ރައީސް / ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ރައްދު ދެއްވައިފި އެވެ.އުޝާމް ވިދާޅުވި ގޮތުގައި ކުރިން ތިބި ފަނޑިޔާރުން ބޭރުކޮށްފައި މި ސަރުކާރުން ބޭނުން ބަޔަކު ކޯޓުތަކަށް އައްޔަން ކުރުމަކީ ޝަރުއީ ދާއިރާ މިނިވަން ވުމެއް ނޫނެވެ. އަދި ހަތަރު އަހަރުވެގެން ދިޔައިރު ވައުދުވި ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކޮށްލަން މި ސަރުކާރަށް ކެރިވަޑައިނުގަތެވެ. އެފަދަ ބަޔަކު ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކެވިއްޔާ ކަަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން ކަމަށާ އެ އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް މުހިންމު އަމާޒެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ."ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެދެނީ އަދުލަށް ހުކުމް ކުރުމުން. އަދި އެ ހުކުމަކީ ކަމުގެ މުއާލާތް ނުކެނޑެނީސް ނުވަތަ ވަގުތު ފާއިތުވުމުގެ ކުރިން އިއްވާ ހުކުމަކަށްވެސް ވާން ޖެހޭނެ. މިއަދުވެސް ބައެއް ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ކޯޓުތަކުން މައްސަލަތައް ލަސްވުން،" ރައީސް ވިދާޅުވިއެވެ.މި ސަރުކާރު ވެރިކަމަށް އައިސް ކްރިމިނަލް ކޯޓާއި ހައިކޯޓްގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރިއެވެ. މުޅި ސުޕްރީމް ކޯޓް އެކީ ބަދަލުކޮށްލެއްވިއެވެ. އެންމެ ބޮޑު ވައުދަކީ ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދެވެ. ޖޭއެސްސީ އިސްލާހު ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ދައުރުގެ އެންމެ ފަހަށް ލަސްކޮށްލައްވާފައި ބޭއްވެވީ އެވެ. އޭގެ ބަދަލުގައި ޖޭއެސްސީ އިތުރަށް ސިޔާސީ ކުރައްވާ ސިޔާސީ ބޭފުޅުންގެ ބައިވެރިވުން ބޮޑު ތަނެއްގެ ގޮތުގައި ދެމެހެއްޓެވީ އެވެ.ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން އިދިކޮޅު ޕީޕީއެމުން ވަނީ ތިން ފަހަރު ހުށައަޅާފައެވެ. ނަމަވެސް ތިން ހުށައެޅުންވެސް ވަނީ ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލާފައެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޝަރުއީ ދާއިރާގެ މިނިވަންކަމުގެ ވާހަކަ ނުދައްކާ: އުޝާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ