އެމްޑީޕީ އިދިކޮޅު ޕާޓީގެ ގޮތުގައި ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކުރާނެ: ފައްޔާޒު

ދެން އަންނަ ސަރުކާރުގައި އެމްޑީޕީ އިދިކޮޅުގައި އޮވެ ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކުރަމުން ގެންދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. އެއާއެކު އެމްޑީޕީއަށް ވަނީ ދެވަނަ ދައުރެއްގެ ފުރުސަތު ގެއްލިފަ އެވެ.
ރައީސް ސޯލިހު އެ ބަލި ގަބޫލުކުރައްވައި މުއިއްޒުއަށް މަރުހަބާ ވިދާޅުވިތާ އިރުކޮޅެއް ފަހުން ފައްޔާޒު ވެސް އެކްސްގައި މުއިއްޒު އަށާއި އޭނާގެ ރަނިން މޭޓް ހުސައިން މުހައްމަދު ލަތީފުއަށް މަރުހަބާ ވިދާޅުވި އެވެ.
ތަފްސީލް - އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރައްވާ ފައްޔާޒުގެ ޕޯސްޓުގައި ފާހަގަކުރެއްވި ގޮތުގައި ސަރުކާރު ބަދަލުވުމުން އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ ދެމިއޮންނާނެ އެވެ. އަދި ޒިންމާދާރުކަމާ އެކު ސަރުކާރު ޖަވާބުދާރީކޮށް، ރާއްޖޭގައި ޑިމޮކްރެސީގެ އުސޫލުތައް ހިމާޔަތްކުރެވިފައިވާކަން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
'ދައުރު'ގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލޭ މޭޔަރު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވީ ވޯޓުގެ %53 އަށް ވުރެ މަތިންނެވެ. ރައީސަށް ލިބިވަޑައިގެންނެވީ %46 އެވެ.
'ދައުރު' އިން ގެނެސްދިން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ
ކިޔާލަން - މަޑުން ހުންނެވި މުއިއްޒު އެ ކާމިޔާބުކުރެއްވީ ރިޔާސީ އިންތިހާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ