މަޖިލިސް 20 : ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް، ގުޅި ހުރާ ދާއިރާގެ ތެރެޔަށް

ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަންޖެހޭ އާ ދާއިރާތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަންސް (އީސީ)ން އާންމުކޮށްފިއެވެ.
އީސީން އިއްޔެރޭ ވަނީ ރައްޔިތުންގެ މަޖިލީހަށް 2024 ވަނަ އަހަރު އިންތިހާބު ކުރަން ޖެހޭ 93 ދާއިރާއާ އެކު އިންތިހާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފައެވެ.
އެ ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރު މަޖިލީހަށް ނުވަ ދާއިރާއެއް އިތުރުވާނެއެވެ. އެގޮތުގެ މަތިން މަޖިލީހުގެ ދާއިރާތަކަށް އައި ބަދަލުތަކުގެ ސަބަބުން ގުރައިދޫ ދާއިރާގެ ނަން މާފުށި ދާއިރާއަށް ބަދަލުވިއިރު ކުރީން ގުރައިދޫ ދާއިރާގެ ތެރޭގައި އޮތް، ގުޅި ވަނީ ހުރާ ދާއިރާގެ ތެރެޔަށް ބަދަލުކޮށްފައެވެ.
ގާނޫނުގައިވާ ގޮތުން މަޖިލީހުގެ ގޮނޑިތައް ކަނޑައަޅާފައި ވަނީ ކޮންމެ 5،000 މީހަކަށް މެންބަރެއްގެ އުސޫލުންނެވެ. އަލަށް އުފެއްދި ދާއިރާތަކަކީ 5،000 މީހުން ހަމަވުމުގެ ސަބަބުން އުފެއްދި ދާއިރާތަކެވެ. ދާއިރާއަށް ނަން ކިޔަނީ އެ ދާއިރާއެއްގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގެ ނަމުންނެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގައި މިހާރު ހިމެނެނީ ގުރައިދޫ އަދި މާފުށްޓެވެ. ދާއިރާގެ ނަން މާފުއްޓަށް ބަދަލުވީ ގުރައިދޫއަށްވުރެ މާފުށީގެ އާބާދީ މައްޗަށް ދިއުމުގެ ސަބަބުން ކަމަށް އިލެކްޝަނުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ