ދާއޫދު އަހްމަދު މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފި ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަ ސެކްރެޓަރީ ކަމުން އިޒްދިޔާން ވަކިކޮށްފި ވިޔަފާރިކުރުމަށް އައްޑޫސިޓީގެ މީދޫ އަވަށުން 50 ބިން ކުއްޔަށް ދެނީ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް، ބެލެ

މިމަހުގެ 18ވަނަ ދުވަހު ހިނގައިދިޔަ ހާދިސާގެ މައްސަލައާއި ގުޅުންހުރި އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮމިޝަނަރު ޝުޖާއު ވިދާޅުވީ، މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށެވެ.
ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާ ވެއްޓިފައިވަނީ މަސްތުގެ ހާލަތުގައި ހުރެ އަމިއްލައަށްކަމަށް ބެލެވޭކަމަށް މީގެ ކުރިންވެސް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން ސުވާލު އުފައްދަވަމުން ގެންދާތީ ފުލުހުން ވަނީ އެކަން ތަފްސީލްކޮށްދެއްވާފައެވެ.
ކޮމިޝަނަރު ޝުޖާއު މިއަދު ވިދާޅުވީ، ފުލުހުން އާންމު ގޮތެއްގައި މި ފަދަ މައްސަލަތަކުގެ ފުޓޭޖް ހާމަނުކުރި ނަމަވެސް މި މައްސަލައިގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނާތީ އެކަން ވެސް ކުރަން ނިންމީ ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ އެންމެންގެ ޕާސްޕޯޓު މިހާރު ހިފަހައްޓައި، އެ މީހުންނާ ގުޅޭ ތަންތަން ބަލައި ފާސްކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމިޝަނަރ ވިދާޅުވީ، ހެންވޭރު ފެންޓެނޯއީ ގެއާއި އިންވެގެންހުރި ގުދަނުގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ އެހީއާއެކު އޭނާ ހޮސްޕިޓަލަށް ގެންދެވުނީ 8 ޖަހާއިރުކަމަށް ސީޕީ ވިދަޅުވިއެވެ. އެހިސާބުން އެ އަންހެން މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ފެށިކަމާާއި، ފުލުހުންގެ ރެކޯޑުތަކުގައި ނެތް މީހަކަށްވާތީ، އޭނާގެ އާއިލާއަކީ ކޮބައިކަން ބެލުމަށް ވަގުތުތަކެއް ނެގިކަމަށް ޝުޖާޢު ވިދާޅުވިއެވެ. އަދި އެ އަންހެން ދެނެގަނެވުނުހާ އަވަހަށް އާއިލާ އަށް އެ މައުލޫމާތު ދިންކަމަށްވެސް ސީޕީ ވިިދާޅުވިއެވެ. . އެހިސާބުން ކަން ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަކްތ ފަށާއި ވަށައިގެން ހުރި ކަންކަން ބަލަމުންދިޔަކަމަށާއި، އެ އަންހެން މީހާ ވެއްޓުނު ތަނާއި ވެއްޓުނު އިމާރާތުގެ އެސެސްމަންޓު ހަދައި، ވެއްޓުނު އިމާރާތުގެ ވެރިފަރާތަށް ގުޅައި ވީޑިއޯ އަދި މައުލޫމާތު ހޯދިކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ