ޗައިނާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ކޮންގް ޝިއަންހުއާ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް މިއަދު އަރުވައިފި އެވެ.
ވީ ކިހިނެއް؟ - ޗައިނާގެ އާ ސަފީރުގެ މަގާމުގެ ފަތްކޮޅު ރައީސަށް އެރުވީ އެކަމަށްޓަކާ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުެއްގަ އެވެ.
ތަފްސީލް - ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު ރައީސް މުއިއްޒު އާއި އާ ސަފީރު ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއަށް އެހީ ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި ވެސް ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އާ ސަފީރު ވަނީ ދެއްވައިފަ އެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދު އޮންނަ ގާތް ބަދަހި ގުޅުން ފާހަގަކުރައްވައި ސަފީރު ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންއަށް ރާއްޖެ އާއި ދިވެހިންނަކީ މުހިއްމު އަދި ގާތް ބައެއް ކަމަށް ވިދާޅުވެފަ އެވެ.
ފާހަގަ ކުރެވޭ - ރާއްޖެ އާއި ޗައިނާއާ ދެމެދު ޑިޕްލޮމެޓު ގުޅުން ގާއިމް ކުރީ 14 އޮކްޓޯބަރު 1972ގަ އެވެ.
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް؛ ފަތްކޮޅު ރައީސަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ