މިއަދު މަޖީދީ މަގާއި ދަނބުރުއްމަގު ދިމާވާ ސަރަހައްދުން ކަރަންޓު ކެނޑިދާނެ

މިއަދު ހެނދުނު 9:30އާއި 11:30 އާ ދެމެދު މަޖީދީ މަގާއި ދަނބުރުއްމަގު ދިމާވާ ސަރަހައްދުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި ކަރަންޓު ކެނޑުމަަށް އެކަށީގެންވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމަަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކި ދުވަސްތަކުގައި ކުރިއަށްގެންދެއެވެ. މި މަސައްކަތުގެ ތެރެއިން ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނު ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ކުންފުނިން އަންނަނީ ޚިދުމަތް އަނބުރާ ފޯރުކޮށްދެމުންނެވެ.
ރޭވެސް މާފަންނުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޚިދުމަތް ދީފައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ