ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ ކޮންފަރެންސެއް އެމްއެންޔޫގައި ފަށައިފި

ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގައި ފަށައިފިއެވެ. "ކްލައިމެޓް ރެސިލިއެންޓް އެގްރިކަލްޗާ ފޯ ފުޑް ސެކިއުރިޓީ އިން މޯލްޑިވްސް"ގެ ނަމުގައި ފެށި މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާއާއި ސަރުކާރުގެ އެހެނިހެން ވަޒީރުން ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ކޮންފަރެންސްގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭ އެސެސްމަންޓުތައް ހެދުން ހިމެނެއެވެ. ހަމައެހެންމެ، ވަސީލަތްތައް ފުރިހަމައަށް ބޭނުންކުރުމާއި ދަނޑުވެރިކަމާގުޅޭ ބިނާރާއަށް ދެމެހެއްޓެނިވި ވުނަކުރުމާ ގުޅޭ މަޝްވަރާތައް ވެސް ކުރިއަށްދާނެއެވެ. މާދަމާގެ ނިޔަލަށް އޮންނަ މި ކޮންފަރެންސްގައި ދަނޑުވެރިކަމާގުޅޭ ބައިނަލްއަގުވާމީ މާހިރުންނާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ޓެކްނިކަލް ލެވެލްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ