މަގުބޫލު ލިޔުންތައް ބަނޑަށް 9މަސް ފުރިފައިހުރި މާބަނޑު އަނބިމީހާ މަރާލައިފި އައްޑޫ ސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އުމްރާއަށް ދިޔަ ދެމަފިރިންނަށް އެނބުރި ނާދެވުނީ އެ މީހުން ފަރުވާކުޑަކޮށް، ގަޑިއަށް ބޯޓަށް ނޭރުމުން:

މިމަހުގެ 18 ވަނަ ދުވަހު ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނުގެ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ މިނިވަން ތަހުގީގެއް ހިންގައިދިނުމަށް އެދި ގޮވާލައި، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން މި ޕެޓިޝަންގައި ވަނީ ސޮއިކޮށްފައެވެ.
ޕެޓިޝަންގައި ވަނީ، ޔުމްނު ހ. ފެންޓޯނިއޯ ގެއިން ވެއްޓުމާއި ‘ބަދަލުކޮށްފައިވާ’ ސީސީޓީވީ ފުޓޭޖާއި ހޮސްޕިޓަލުގައި ދިން ފަރުވާ ގުޅޭ ހާލަތްތަކާ ގުޅޭ މިނިވަން ތަހުގީގެއް އދ. އިން ހިންގަން ފެށުމަށް ގޮވާލާފައެވެ. މީގެ އިތުރުން މި މައްސަލައަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޖަމިއްޔާތަކުން ސަމާލުކަން ދީ، އިންސާފު ހޯދުމަށް ޕްރެޝަރު ކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
އޭގެއިތުރުން، ފުލުހުންނަށް ތަހުގީގުން ހޯދުނު ހުރިހާ ހޯދުންތަކެއް ހާމަކުރުމަށާއި ‘ހެކިތަކާ ކުޅެ’ ޔުމްނުގެ ފުރާނައަށް ނުރައްކާވާ ފަދަ ގޮތަކަށް އަމަލުކުރަން މަސައްކަތް ކުރި މީހުންނަށް އަދުލު އިންސާފު ލިބުން ކަށަވަރު ކުރުމަށް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފައެވެ.
ޔުމްނު ވެއްޓުނީ ހ. ފެންޓެނޯއީގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓަކުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލާގައި އެ ރޭ އޭނާއާ އެކު އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން ހައްޔަރުކޮށްފައިވާއިރު ހުކުރު ދުވަހުވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ