ކަނޑުތައް ގަދަކޮށްލައި މުޅި ރާއްޖެއަށް 'ވައިޓް އެލާޓް'

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑުތައް ގަދަވާނެ ކަމަށް އަންގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު 'ވައިޓް އެލާޓް' ނެރެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުޅަނގު މޫސުން ލައިގެންކަން މެޓު އޮފީހުން އިއުލާން ކުރީ އިއްޔެ އެވެ. އެއާ އެކު، ކުރިއަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ވަނީ ބުނެފަ އެވެ.
ތަފްސީލް - މެޓުން ބުނި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މިއަދު ކަނޑުތައް ވަރަށް ގަދަ އެވެ. އެގޮތުން:
ގަޑިއަކު 19-24 މޭލާ ދެމެދު ވައިޖެހޭނެ
ވިލާގަނޑުގައި 40 މޭލަށް ގަދަވާނެ
އެހެންވެ، ކަނޑުތައް ވެސް ގަދަވާނެ
ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްކޮށް އުޅޭތީ ކަނޑު ދަތުރުފަތުރުކުރުމުގައި ސަމާލުވާން ފުލުހުން ވެސް ވަނީ އެދިފަ އެވެ.
ކަނޑު އުޅަނދު ދުއްވާއިރު ސަމާލުވާންވީ ކަންކަން:
މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެއްކުރުން
ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް އުޅަނދަށް މީހުންނާއި މުދާ ނޭރުވުން
ޒަރޫރީ ބޭނުންތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުން
އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ