އުރީދޫ ކަރާ ފެޅުން މީމް ޗެލެންޖްގައި ބައިވެރިވެގެން މެލޭޝިއާ ދެކޮޅު ޓިކެޓު ލިބޭ ފުރުސަތެއް

އުރީޑޫ ކަރާ ފަޅުން މީމް ޗެލެންޖް އިއުލާންކޮށް މި މީމް ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރިއަކަށް މެލޭޝިއާ ދެކޮޅު ޓިކެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
ރަމަޟާން މަހު އުރީދޫ މޯލްޑިވްސް އިން ތައާރަފު ކުރި ކަރާ ފެޅުން ގޭމާއި ގުޅިގެން ކަސްޓަމަރުންގެ އުފެއްދުން ތެރި އަދި މަޖާ މީމްތައް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފެންނަން ފަށާފައެވެ. މިކަމާ ގުޅިގެން އުރީދޫން ވަނީ ކަރާ ފެޅުން މީމް ޗެލެންޖް އިއުލާން ކޮށްފައެވެ.
އުރީދޫން ބުނީ، މި ޗެލެންޖުގައި އުރީދޫ އެޕް މެދުވެރިކޮށް ކަރާ ފެޅުމަށް ކަސްޓަމަރުން ކުރަމުންދާ ކަންކަމުގެ މަޖާ މީމްސް، ރީލް ނުވަތަ ޖިފް ބައިވެރި ކުރެވޭނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ކަރާ ފެޅުން މީމް ޗެލެންޖް ގައި ބައިވެރިވުމަށް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރާއިރު ހޭޝްޓެގް #OoredooKaraaFelhun ބޭނުންކޮށްލާށެވެ. އަދި އުރީދޫ މޯލްޑިވްސް އާއު ކޮންސިއާޖް ގްރޫޕް މޯލްޑިވްސް ޓެގް ކުރުމަށް އުރީދޫން ބުނެއެވެ. މި ރީލް، ގިފް ނުވަތަ މީމް ހިއްސާ ކުރެވޭނެ އެންމެ ފަހު ވަގުތަކީ މި މަހުގެ 31 ވަނަ ދުވހުގެ ރޭގަނޑު 11:59 ކަމަށް އުރީދޫން ބުނެއެވެ.
އިތުރު ތަފްސީލް ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް މަޑުކޮށްލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ