އަޖޭގެ ފިލްމު އަންނަ މަހު

ބޮލީވުޑް އެކްޓަރު އަޖޭ ދޭވްގަންގެ 2012 ވަނަ އަހަރުގެ ފިލްމު 'ސަން އޮފް ސަރުދާރު"ގެ ސީކުއަލް އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށް ފިލްމުގެ ޕޯސްޓަރު ވެސް ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ފިލްމުން އަޖޭއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ފިލްމު އިންޑަސްޓްރީގައި އުޖާލާ ކުރިމަގެއް އޮތް ތަރި މްރޫނާލް ތާކުރުއެވެ. ފިލްމު "ސަން އޮފް ސަރުދާރު"އިން އަޖޭއާ އެކު ބަތަލާގެ ރޯލުން ސޮނާކްޝީ ސިންހާ ފެނުނުއިރު ބަތަލާ ޖޫހީ ޗާވްލާ ވެސް އެ ފިލްމުގެ މުހިންމު ރޯލަކުން ވަނީ ފެނިފައެވެ. ނަމަވެސް، ފިލްމު "ސަން އޮފް ސަރުދާރު 2"އިން މި ދެ ތަރިން ވެސް ނުފެންނާނެއެވެ. މީގެ އިތުރުން، 2012 ވަނަ އަހަރު ފިލްމުގެ މުހިންމު ރޯލުން ފެނުނު އެކްޓަރު ވިޖޭ ރާޒް ވެސް ސީކުއަލްއިން ނުފެންނާނެ ކަމަށް ޕިންކްވިލާގައި ވަނީ ބުނެފައެވެ. އެ ފިލްމުގައި އަޖޭއާ އެކު އެކްޓަރު ސަންޖޭދަތު މުހިންމު ރޯލުން ފެނުނު ނަމަވެސް ސީކުއަލްއިން ސަންޖޭ ވެސް ނުފެންނާނެއެވެ. ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ބަތަލާ މްރޫނާލް ތާކުރު--ފޮޓޯ/ހިންދުންސްތާންޓައިމްސް ސަންޖޭއަށް ދަތުރުކުރުމުގައި ވިސާއާ ގުޅިގެން ދިމާވި މައްސަލަތަކާ އެކު "ސަން އޮފް ސަރުދާރު 2"ގެ ޝޫޓިން ކުރިއަށްދިޔަ ލޮކޭޝަންތަކަށް ވަނީ ދަތުރު ނުކުރެވިފައެވެ. ސަންޖޭގެ ބަދަލުގައި "ސަން އޮފް ސަރުދާރު 2"ގެ އެ ރޯލުން ފެންނާނީ އެކްޓަރު ރަވީ ކިޝަންއެވެ. އަޖޭ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ދާދި ފަހުން ރިލީޒްކުރި ފިލްމު "ރެއިޑް 2"އިންނެވެ. މި ދުވަސްކޮޅު އަޖޭ އަންނަނީ އެކްޓަރު ޕްރޮޑިއުސްކޮށް އަންހެނުން/ބަތަލާ ކާޖޮލް މުހިންމު ރޯލް ކުޅޭ ފިލްމު "މާ" ޕްރޮމޯޓުކުރުމުގެ މަސައްކަތުގައެވެ. އޭގެ ފަހުން ފިލްމު "ސަން އޮފް ސަރުދާރު 2"ގެ ޕްރޮމޯޝަން މަސައްކަތަށް އެކްޓަރު ނުކުންނާނެއެވެ. ފިލްމު "ސަން އޮފް ސަރުދާރު 2" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ މަހުގެ 25ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ