އާންމު ހިދުމަތްތައް ދޭ 'އީޒެޕު'ގައި އެމްއައިބީން ބައިވެރިވެއްޖެ

އާންމު ދިރިއުޅުމުގައި ބޭނުންވާ ގިނަ ހިދުމަތްތަކެއް ހިމެނޭ އެޕްލިކޭޝަނެއް ކަމަށްވާ އީޒެޕުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މިއަދު ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްއައިބީގެ މައި އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ:
އީޒެޕްގެ މެނެޖިން ޑިރެކްޓަރު އަހުމަދު މައުރޫފް އަބްދުލް ހަކީމް 
އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން، އީޒެޕުން ކުރާ މުއާމަލާތްތައް ވިސާ އަދި މާސްޓާކާޑު މެދުވެރިކޮށް ކުރެވޭނެ ކަމަށް އެމްއައިބީން ބުންޏެވެ.
ދިވެހިންގެ ހުނަރުވެރިކަން ދައްކުވައިދޭ ޒަމާނީ އެޕްލިކޭޝަނެއް ކަމަށްވާ އީޒެޕުގައި ހިމެނޭ ބައެއް ހިދުމަތްތަކުގެ ތެރޭގައިި:
ރެސްޓޯރަންޓްތަކުން ކެއުންތައް ގެއަށް ޑެލިވަރީކޮށްދިނުން
ގެއަށް ބޭނުންވާ އެކި ސާމާނު ޑެލިވަރީކޮށްދިނުން 
ޓެކްސީގެ ހިދުމަތް
ބުނީ ކީކޭ؟ - އީޒެޕުން ބުނީ އެމްއައިބީއާ އެކު ހެދި އެއްބަސްވުމާ އެކު އެ އެޕް މެދުވެރިކޮށް ހޯދާ ހިދުމަތްތަކަށް އެމްއައިބީގެ ގްލޯބަލް ޕޭ މެދުވެރިކޮށް ކޮންމެ ވިސާ އަދި މާސްޓާކާޑަކުން ވެސް ފަސޭހަމާ އެކު ފައިސާ ދައްކާލެވޭނެ ކަމަށެވެ.
އެމްއައިބީ ގްލޯޕަލް ޕޭއަކީ، އެ ބޭންކުން ބުނި ގޮތުގައި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ވެސް ބޭނުންކުރާ ޒަމާނީ ޕޭމަންޓް ގޭޓްވޭއެކެވެ.
ޒަމާނީ ސިފަތަކެއް އެކުލެވޭ މި ޕޭމަންޓް ގޭޓްވޭ ބޭނުނުކުރުމުގެ ފުރުސަތު އެ ބޭންކުން ވާނީ މިހާރު ޒުވާނުންނަށް ހުޅުވާލާފަ އެވެ. މީގެ އިތުރުން އެ ބޭންކުން އަންނަނީ ފައިސާ ޕޭގެ ނަމުގައި އިތުރު ޕޭމަންޓް ގޭޓްވޭއެއްގެ ހިދުމަތް ވެސް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ