މާޗު މަހު ކަރަންޓު ބިލުން ދިން ގޮތަށް ހުސްވި އޭޕްރީލްގެ ބިލުތަކަށް ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯއިން ވަނީ މިއަހަރުގެ މާޗު (ރޯދަމަހު)ގެ ކަރަންޓު ބިލުތަކަށް %10ގެ ޑިސްކައުންޓެއް ދީފަ އެވެ.
ތަފްސީލު - ސްޓެލްކޯއިން ބުނީ މާޗު ނިމުމަށްފަހު އޭޕްރީލްގެ ބިލުތަކުން ވެސް ޑިސްކައުންޓު ދީފައިވާނެ ކަމަށެވެ.
އެގޮތަށް ޑިސްކައުންޓު ދިން ސަބަބަކީ، އެސްޓީއޯއިން ބުނާ ގޮތުގައި އޭޕްރީލަކީ ހޫނު ގަދަވުމުގެ ސަބަބުން އާންމުކޮށް ކަރަންޓު ބިލުތައް ބޮޑުވާ މަހަކަށް ވާތީ، ރައްޔިތުންނަށް އިިތުރު ލުޔެއް ދިނުމަށެވެ.
"ވުމާ އެކު އޭޕްރީލް މަހުގެ ކަރަންޓު ބިލު މި ކުންފުނީގެ ކަސްޓަމަރުންނަށް ފޯރުކޮށްދިންއިރު، އެ ބިލުގައިވާ 'ކަރަންޓު ބޭނުންކުރެވުނު ވަރު' އޭގެ ކުރީ މަހާ ތަފާތުވި ނަމަވެސް، ބައެއް ބިލްތަކުގައި ބިލް އެމައުންޓު (ފައިސާގެ އަދަދު) މާޗު މަހުގެ (ރަމަޟާން މަހުގެ) ބިލާއި ސީދާ އެއް އަދަދެއްގެ ގޮތުގައި އޮތީ މިދެންނެވި ލުއި ދިނުމުން ކަމުގައި ދެންނެވީމެވެ،" ސްޓެލްކޯއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޑިސްކައުންޓު ދިން ކަމަށް ސްޓެލްކޯއިން ބުނި ނަމަވެސް، އެ ޑިސްކައުންޓު ހިމަނައިގެން ވެސް ކަރަންޓު ބިލު އިތުރަށް ބޮޑުވެފައިވާ ކަމަށް ބުނެ އާންމުންގެ ތެރެއިން ބައެއް މީހުން އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.
ހޫނުގަދަކަމުން އޭޕްރީލްގެ ބިލުތަކުން ވެސް ޑިސްކައުންޓު ދިނިން: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ