ހަނގުރާމަ ހުއްޓާލުމުން އިންޑިއާ އާއި ޕާކިސްތާނަށް ރާއްޖެއިން މަރުހަބާ

އިންޑިއާ އާއި ޕާކިސްތާނާން ހަނގުރާމަ ހުއްޓާލަން އެއްބަސްވުމުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެ ދެ ގައުމަށް މަރުހަބާ ދަންނަވައިފި އެވެ.ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ އިންޑިއާ އާއި ޕާކިސްތާނުން ދެމުންދިޔަ ހަމަލާތައް ހުއްޓާލައި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރުކޮށް، ސަރަހައްދީ ހަމަޖެހުމަށްޓަކައި ފިޔަވަޅު އެޅުމުން އެ ދެ ގައުމުގެ ލީޑަޝިޕަށް ތައުރީފު ކުރައްވައިފަ އެވެ.އެ ހަމަލާތައް ފެށިފައިވަނީ ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މިދިޔަ މަހުގެ ފަހުކޮޅު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރަށް ހަމަލާ ދޭން ފެށުމުންނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއުލާން ކުރެއްވި ގޮތުގައި ދެ ގައުމުގެ އަސްކަރީ އޮޕަރޭޝަންތަކުގެ ޑިރެކްޓަރު ޖެނެރަލް ހޮނިހިރު ދުވަހުގެ މެންދުރު ފަހު މަޝްވަރާ ކުރައްވައި، ބިމާއި ވައިގެ އަދި ކަނޑުގައި ހިންގާ ހުރިހާ ހަނގުރާމައެއް ހުއްޓުވުމަށް އެއްބަސްވެވަޑައިގަތީ އިންޑިއާގެ ސްޓޭންޑަޑް ގަޑިން ހަވީރު 5 (ޖީއެމްޓީ 11:30) އިން ފެށިގެންނެވެ.ޕާކިސްތާނުގެ ފޮރިން މިނިސްޓަރު އިސްހާގު ދާރު ޖިއޯ ޓީވީއަށް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ މެދުގައި "ފުރިހަމަ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް" ތަމްސީލުކުރާ އެއްބަސްވުމެއް ކަމަށެވެ. އެ އެއްބަސްވުމާ ގުޅިގެން ދެ ގައުމުން ވެސް އަސްކަރީ ޗެނަލްތަކާއި ހޮޓްލައިންތައް އެކްޓިވޭޓްކޮށްފައިވާކަން އޭނާ ކަށަވަރުކޮށްދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ