އޭއޯ ރޯދައިގެ ބަދިގެ: ޝަވަރުމާ ސޯސް ނީލަން ޕޯޓަލްގެ ތެރެއިން ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތަކުގައި މިހާރު ބައިވެރިވެވޭނެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި މުދަލުން ހެޔޮ ގޮތުގައި ހޭދަކުރުމަށް އިސްލާމީ ކަންތައްތަކާ

ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖެއަށް 10 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކަދުރާއި ހަވާލުވެލެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާ އެމްބަސީގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ދަޢުވާ އެންޑް ގައިޑެންސްއިން 10 ޓަނުގެ ކަދުރު ހަދިޔާކޮށްދެއްވީތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ވަނީ ސަޢުދީ ޢަރަބިއްޔާގެ ވުޒާރާއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރާއްޖެއަށް ކަދުރު ބަހައެވެ. އެގޮތުން މި އަހަރު ވެސް 50 ޓަނުގެ ކަދުރު ވަނީ ހަދިޔާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ